ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އިރާގުންވެސް ފެނިއްޖެއެވެ.

އެގައުމުގެ ނޫސްތަކުން މިއަދު ބުނެފައިވާގޮތުގައި މި ވައިރަސް ފެނިފައި ވަނީ އެ ގައުމަށް ނިސްބަތްވާ މީހެއްގެ ގައިންނެވެ. އެ މިހާއަކީ ނަޖަފްގެ ހޮލީ ޝީޓް ސިޓީއަށް ނިސްބަތްވާ މީހެއް ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވެއެވެ.

އަދި މި ވައިރަސް ފެނިފައި ވަނީ، ނަޖަފްގެ ސިޓީއެއްގައި ކިޔަވަމުންދާ ފިރިހެން ދަރިވަރެއްގެ ގައިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާގެ ހަށިގަނޑުގައި މި ވައިރަސް ހުރިކަން ކަށަވަރުވެފައި ވަނީ އޭނާގެ ތެސްޓުތަކުގެ ނަތީޖާއިން ކަމަށްވެސް ބުނެފައި ވެއެވެ.

އިރާގުން ކޮވިޑް19 ފެނުނުއިރު، އެ ގައުމުން ވަނީ ކޮވިޑް19 ފެތެރެމުން އަންނަ އީރާނަށް ދަތުރުކުރުން، އަދި އީރާނުން އެ ގައުމަށް އައުން މަނާކޮށްފައެވެ.

އިރާގުން ކޮވިޑް 19 ފެނުމާއެކު މިޑިލް އީސްޓުގެ ގައުމުތަކުގެ ތެރެއިން މި ބަލި ފެނުނު ގައުމުތަކުގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.

މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޗައިނާގައެވެ. އެ ގައުމުގައި މި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އަދި މީގެ އިތުރުން، އީރާނުގައިވެސް މިި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣަނީ

    ދެންފެންނާނީ ސައުދީން ކަންނޭންގެ

    1
    1