އިންޑިއާގައި ކުރިއަށްދާ މުޒާހަރާގައި އެގައުމުގެ ހިންދޫން ނިކުމެ ނޫސްވެރިންނަށް ހަމަލާ ދޭން ފަށައިފިއެވެ.

އިންޑިއާގެ ދިއްލީގައި ކުރިއަށްދާ މުޒާހަރާގައި ދުނިޔޭގެ މަޝްހޫރި ބޮޑެތި ނޫސްތަކުގެ ނޫސްވެރިންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އޭގެ ތެރޭގައި ބައެއް ނޫސްވެރިންނަށް ވަނީ ބަޑިންވެސް ހަމަލާ ދީފައި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ބަޑިން ހަމަލާ ދީ ޒަހަމްވެފައިވާ ނޫސްވެރިޔާގެ ހާލު ދެރަކަމަށާއި އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ނިސްބަތްވާ މީޑިއާއިން ވަނީ ބުނެފައެވެ. އަދި އެކި ވަރުގެ އަނިޔާ ލިބުނު ނޫސްވެރިންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

"އެތަނުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް މުޒާހަރާގެ ބައިވެރިއަކު އައިސް ހަމަލާ ދޭން ފެށީ ތަނެއް ދޮރެއް ނުބަލާ. އަހަރެންނާއި އެކި ހުރި މީހާއަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނު" އެންޑީޓީވީގެ ނޫސްވެރިޔާ ބުނެފައިވެއެވެ.

އެތަނުގައި ތިބި ގިނަ ނޫސްވެރިން ބުނެފައިވަނީ އެމީހުން އެތަނުގައި ހަރަކާތްތެރިވަމުން އައި ވަގުތު މީހުންތައް އައިސް އެމީހުންގެ ދީން ސާފު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މުސްލިމުންނޭ ބުނުމުން ހަމަލާ ދިން ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިންޑިއާގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް އަމާޒުކޮށް ހަމަ ނުޖެހުން ހިންގަނަ ފަށާފައިވަނީ ބީޖޭޕީ ލީޑަރު ކަޕިލް މިޝްރާ ދިއްލީގެ ފުލުހުންނަށް އަމާޒުކުރައްވާ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އޭނާ ވަނީ ރަށްވެހިކަމުގެ ގާނޫނާއި ދެކޮޅަށް ވާހަކަދައްކާ މީހުން ތިން ދުވަސް ތެރޭ ބޭރު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮން އާދަނު

    ކެނެރީގޭ ނަޝިދު އަދި އެމްޑީޕީ މެމްބަރުން ވަރަށް އުފާވާނެކަމެއްތީ އަދި އެކަމަށް އިންޑިޔާގެ ހިންދޫންނަށް މަރުހަބާވެސް ކިޔާނެ

    28
    5
  2. ނަޝީދު

    އުފާވެރި މަންޒަރެން

    2
    6