މައްސަރު ދުވަސްވަރު އަންހެނުން ބޭނުން ކުރާ ޕެޑް ފަދަ ތަކެތި ސްކޮޓްލޭންޑްގައި ހިލޭ ދޭން ނިންމުމަށް ގާނޫނާ މަޖިލިހަށް ބިލެއް ހުށަހަޅައިފިއެވެ.

މިފަދަ ބިލެއް ފާސްކޮށް، ސަރުކާރުން އަމަލު ކުރަން ފަށައިފި ނަމަ، ސްކޮޓްލޭންޑް ވާނީ ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެފަދަ ތަކެތި ހިލޭ ދޭން ފަށާ ގައުމުގެ ގޮތުގައެވެ.

އެ ބިލަކީ 2017 ވަނަ އަހަރު ލޭބާ ޕާޓީގެ ލީޑަރެއް ކަމަށްވާ މޮނިކާ ލެނޮން ހުށަހަޅާފައިވާ ބިލެކެވެ. އެގައުމުގެ ގިނަ ރައްޔިތުން އުއްމީދު ކުރަނީ އެބިލް ފާސްވެގެން ދާނެ ކަމަށެވެ. މި ބިލާއި ގުޅިގެން އެގައުމުގެ ސަރުކާރުގެ އިސްވެރިން ވެސް ވަނީ ބަހުސް ކުރައްވައިފިއެވެ.

ބައެއް މީހުން އެ ބިލަށް ތާއިދު ކޮށްފައިވާއިރު އެހެން ބައެއް މީހުން ވަނީ އެ ބިލް ފާސްކުރުމުން ސަރުކާރަށް ގެއްލުން ލިބޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެފަދަ މީހުންނާއި ދެކޮޅަށް ބިލަށް ތާއިދު ކުރާ ފަރާތްތަކުން ބުނެފައިވަނީ ބިލުގެ ސަބަބުން އަންހެނުންނަށް ފައިދާ ވާނެ ކަމަށެވެ.

2018 ވަނަ އަހަރު ހުޅުވި ޕޯލް އަކުން ދައްކާ ގޮތުގައި އިންގިރޭސިވިލާތް، ސްކޮޓްލޭންޑް އަދި ވޭލްސްގައި 25 ޕަސަންޓު އަންހެނުންނަށް މައްސަރު ކަންތަކުގެ ސަބަބުން ބޭނުންވާ ސާމާނު ނުލިބި ސްކޫލް އަދި އޮފީސް އަށް ގަޑި ޖެހިގެން ދެވެއެވެ.

އިނގިރޭސިވިލާތާއި ވޭލްސްގެ ސްކޫލްތަކުން މިހާރު ވެސް އެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރުންނަށް ހިލޭ ޕެޑް ފަދަ ތަކެތި ދެއެވެ. މިގޮތަށް އެ ސްކޫލްތަކުން އަމަލުކުރީ ޕީރިއަޑް ދުވަސްވަރާއި ދިމާކޮށް ކުދިންނަށް ކްލާސްތަކަށް ނާދެވޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢުހުތުންގެ ހައްގުގައި

    މިފަދަ ބިލެއް ރާއްޖެއަށްވެސް ވަރަށް މުހިންމު
    މިފުރުސަތުގައި އަޅުގަނޑު ދިވެހި ސަރުކާރަށް އިލްތިމާސް ދަންނަވަން މިފަދަ ޒަރޫރީ އެއްޗިހި ވީހާވެސް ތަކުލީފުކުޑަގޮތަކަށް ހަރުދަނާ ނިޒާމެއްގެތެރެއިން ދިވެހި ލޮބުވެތި ކަބަލުންނަށް ހިލޭލިބިދެވޭނެފަދަ އިންތިޒާމްތަކެއްހަމަޖައްސަވައިދެއްވުމްށް. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ

    11