ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ސިންގަޕޫރުގައި ދޮގު މައުލޫމާތު ދިން ދެމީހަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ޗައިނާއަށް ނިސްބަތްވާ ދެމަފިރިން ކަމަށެވެ. އެދެމަފިރިން ދޮގު ހަދާފައިވަނީ އެމީހުންގެ ދަތުރު ކުރި މަންޒިލްތަަކާއި ގުޅޭ ގޮތުންނެވެ. އަދި އެގޮތަށް އަމަލު ކުރުމުން ބަލި ނުޖެހި ތިބި މީހުންނަށް ބަލި ޖެހޭނެ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ސިންގަޕޫރުގެ ސިއްހަތާއި ބެހޭ ގާނުނު ބުނާގޮތުން ދޮގު މައުލޫމާތު ކަމާއި ބެހޭ އިދާރާތްތަކަށް ހިއްސާ ކުރުމުން 10،000 ސިންގަޕޫރު ޑޮލަރު (7،150 އެމެރިކާ ޑޮަލަރު) ޖޫރިމަނާކޮށް ހަމަސް ދުވަހަށް ޖަލަށް ލެވޭނެއެވެ.

އެހެން ކަމުން އެގައުމުންވަނީ ދޮގު މައުލޫމާތު ކަމާއި ބެހޭ އިދާރާތްތަކަށް ހިއްސާ ކުރުމާއި ގުޅިގެން އެދެމަފިރިން، 7،150 ޑޮލަރުން ޖޫރިމަނާކޮށް ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ޗައިނާގެ ވުހާން ސިޓިން ފުރަތަމަ ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މިހާތަނަށް ބަލި ޖެހިފައިވާ ގައުމުތަކުން ވަނީ 2،700 މީހުން މަރުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޗައިނާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު