އިންޑިއާގެ ނިއު ދިއްލީގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުން މަސައްކަތް ކޮށްފައި ވަނީ ޕްރޮފެޝަނަލް ކޮށް ނޫން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ވިދާޅުވެފައި ވަނީ ފުލުހުން މަސައްކަތް ކޮށްފައި ވަނީ މިނިވަންކަމާއި އެކު ނޫން ކަމަށެވެ.
ވެރިރަށް ދިއު ދިއްލީގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ މި މައްސަލާގެ ތެރެއަށް ވަދެފައެވެ. މި ހަމަނުޖެހުންތަކުގައި މިހައިތަނަށް 23 މީހަކު ވަނީ މަރާލާފައެވެ.
ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރު ކޭއެމް ޖޯސެފް ވިދާޅުވީ އިންޑިއާ ފުލުހުން ވެސް ކަމެއް ދިމާވުމުން ކަންތައް ކުރަންވީ ގޮތް އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ބަލަން ޖެހޭ ކަމަށެވެ.
އިންޑިއާ ފުލުހުންގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ވިދާޅުވި ނަމަވެސް އިންޑިއާގެ ސޮލިސިޓާ ޖެނެރަލް ތޫޝާ މެހްތާ ވިދާޅުވީ ފުލުހުންގެ އަމަލުތައް ހުރީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން މައްސަލައިގެ ތެރެއަށް ވަންނަން ޖެހޭ ހާލަތެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ ހަމަޖެހުން ގާއިމް ކުރުމުގައި ފުލުހުންނާއި ސަރުކާރު ފެއިލް ވުމުގެ އެކަމުގެ ތެރެއަށް ވަނުން އެއީ ސުޕްރީމް ކޯޓުގެ ޒިންމާއެއް ކަމަށެވެ.
އިންޑިއާ ފުލުހުން އާއްމުންނަށް އަނިޔާކުރާތީ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށް ގެންދާ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހު ފަހުކޮޅު އެވެ.
ޝޭޚު އިމްރާން އަވަހަށް ފޮނުވާ ކަމިޝަނަރ އާއި ބައްދަލު ކޮށް އަޅާފިޔަވަޅުތަށް ދަސްކުރަން!
އެވަރު ބައެއް މިތާ ފުލުހުންނަށް ކިޔަވައިދެނީ. ސޭކު ދިވެހިން ހޮވި ސަރުކާރެއް . ނޮޓް މީ