ޖޯޖިއާ އިން ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނިއްޖެއެވެ.

ޔޫރަޕާއި އޭޝިއާ ގުޅޭ ހިސާބުގައި އޮންނަ ޖޯނިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އީރާނުން އެގައުމަށް އައި މީހެއް ކަމަށް ޖޯޖިއާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޖޯޖިއާ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައި ވާއިރު ކޮވިޑް-19 ގެ ސަބަބުން އެގައުމުގެ އިޤުތިޞާދަށް ވެސް ދަނީ ނުރަނގަޅު އަސަރުތަކެއް ކުރަމުން ކަމަށް މިއަދު ޖޯޖިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ޖޯޖިއާ އާއި ޗައިނާއާ ދެމެދު ހަފްތާއަކު ހަމައެކަނި ޑެލްޓާ އެއާލައިން އިން 42 ފްލައިޓް ބާއްވަފައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ދަތުރެއް ވަނީ މެދުކަނޑާލާފައެވެ. އެކަމުގެ އަސަރު ޖޯޖިއާގެ އިޤުތިޞާދަށް ވަނީ ކުރަން ފަށާފައެވެ.

މީގެ އިތުރުން އެގައުމުގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އެކްސްޕޯޓް އޯޑަރުތައް ދަށްވުމުން އެކުންފުނީގެ ވިޔަފާރި ވެސް ވަނީ ތިން އިންސައްތަ ދަށަށް ގޮސްފައެވެ.

ޖޯޖިއާ ސަރުކާރުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު އެގައުމުން ފެނުނު ނަމަވެސް އަދި އާއްމު ރައްޔިތުން ކަންބޮޑުވެ، ހާސްވާން ޖެހޭ ދަރަޖައަށް ކަންތައްތައް ނުދާ ކަމަށެވެ.

އިޓަލީވިލާތާއި އީރާނުން ކޮވިޑް-19 ފެނުނު ފަހުން އެދެގައުމުގެ އަވައްޓެރި ގައުމުތަކަށް ވަނީ ވަރަށް ބޮޑަށް ބަލި ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު