އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ހިންދޫ ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ. މި ބްލޮގްގައި ގެނެސްދޭނީ އެހަމަނުޖެހުންތަކުގެ ފަހުގެ މައުލޫމާތެވެ.

23:04

22:26

22:17

ސްވިޒަލޭންޑުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައި.

22:16

އިންޑިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 37 އަށް އަރައިފި.

21:35

21:14

އިންޑިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނަށް ބަދަލު ނުގެންނާނެ ކަމަށް ލޯ މިނިސްޓަރ ރަވީ ޝަންކަރް ޕްރަސާދް ވިދާޅުވެއްޖެ.

"އަހަރެމެން މައިނޯރިޓީ ދީންތަކުގެ މީހުންނާއި ދެކޮޅެއް ނޫން. އެކަމަކު ކީއްކުރަން ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ އިން އައިސް ތިބި މީހުންނަށް އިންޑިއާގެ ރަށްވެހިކަން ދޭންވީ." ރަވީ ވިދާޅުވި.

21:01

އިންޑިއާ ފުލުހުން މުސްލިމުންނާއި ކުރިމަތިލައި އަނިޔާ ކުރާއިރު، ހިންދޫ ދީނުގެ މީހުން މުސްލިމުންނަށް ކުރާ އަނިތާތަކަށް ފުލުހުން އަންނަނީ އެހީތެރިވެދެމުން ކަމަށް އެ ގައުމުގެ ބައެއް އާއްމު ރައްޔިތުން ބުނެއެވެ.

20:48

އިންޑިއާ ސިފައިނެއް މުޒާހަރާތަކުގެ ތެރެއިން މަރާލިކަމުގެ ތުހުމަތުގައި އިންޑިއާ މުސްލިމެއް ހައްޔަރުކޮށްފި.

17:02

އިންޑިއާގެ އުތުރުގެ ހިސާބުތަކުގައި މަރުވެފައިވާ މީހުންގެ ހަަށިގަނޑުތައް މޯޗަރީތަކުގެ ބޭރުގައި އެތައް ބަޔަކު ތޮށްޖެހިފައި އެބަތިބި. އޭގެ ތެރޭގައި އާއިލާ މެންބަރުންތައް ގެއްލި އެ މީހުން ދިރިތިބިކަން ނުވަތަ ނޫންކަން ކަށަވަރު ނުވާ މީހުންވެސް އެބަތިބި.

17:00

ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވަލް ވިދާޅުވީ، ހަމަނުޖެހުންތައް ހިންގާ ކޮންމެ މީހަކަށް އަަދަބު ލިބެން ޖެހޭ ކަމަށް. އާންމު ކުށްވެރި ވާކަށް ޔަގީން ވާނަމަ އަދި ވަކިންބޮޑަށް ހަރުކަށި އަދަބު ދޭން ޖެހޭ، ގައުމީ ސަލާމަތުގެ މައްޗަށް އިސްކުރެވޭނެ ސިޔާސީ މަސައްކަތެއް ނޯންނާނެ.

16:58

ދިއްލީގެ ސަރުކާރުން ހަމަނުޖެހުންތަކުގައި ރަށްވެހިކަމާއި މުހިންމު އެހެން ލިޔެކިޔުންތައް، ގެއްލުނު އިންޑިއާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކޭމްޕްތަކެއް ގާއިމްކޮށްފި.

16:57

އިންޑިއާގެ ޔުނިއަން ހޯމް މިނިސްޓަރ އަމިތް ޝާހް ދިއްލީގައި މުސްލިމުންނަށް އަނިޔާކުރުމުން، އެތަންތަނަށް ފުލުހުން އަވަހަށް ނުދިއުމަށް އިރުޝާާދު ދީފައިވާކަމަށް، މަހަރާޝްތްރަގެ މިނިސްޓަރ އަދި އެމްސީޕީގެ ތަރުޖަމާނު ނަވާބް މަލިކް ތުހުމަތު ކުރައްވައިފި. އޭނާ ވަނީ ފުލުހުންގެ އަމަލުތައް ތަހުގީގު ކުރުމަށް ގޮވާލާފައި.

13:16

ނިއުދިއްލީގައި ހުރި މުސްލިމުންގެ ފިހާރައެއް އަންދާލައިފި. އެފިހާރަ އަންދާލާފައި ވަނީ އެތަނުގެ ހިމާޔަތުގައި ތިން މުސްލިމަކު ތިއްބާ އެމީހުންނަށް ހަމަލާ ދިނުމަށްފަހު.

10:59

ދިއްލީގެ އެކި ސަރަހައްދުތަކުގައި މުސްލިމުންގެ ގެދޮރާއި، އިމާރާތްތަކާއި ވެހިކަލްތަކުގައި ހަރުކަށި ހިންދޫ ގެންދަނީ އަލިފާން ރޯކުރަމުންނެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ.

މުސްލިމުން ގެންދަނީ މުސްލިމުންނަށް އަމާޒުކޮށް ދެމުގެންދާ ހަމަލާތައް ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާތީ އާއި މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަމަ

    މިވަރުން ދާން ވެއްޖެއްޔާ އާހިރު ނިމޭނީ ހިންދޫ ދީނުގެ ޖީލު ނިމުމަކައް އައިސްގެން ކަންނޭގެ

    53
    1
  2. ނ

    މިވަރު ވެގެން ދާއިރު ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އދ ކޮބައިތަ.. މިރާއްޖޭގައި މީހަކު ޖަލަށް ލިއަސް ހީވަނީ އެހެން ކަމެއްހެން ކުރިން މިހާރު މިރާއްޖޭގައި ވެސް ގޯސް ކޮށް ކުރާ އެއްކަމެއްވެސް ނެތް... ހިއުމަން ޓްރެފިކިންނޭ ކިޔައިގެންވެސް ކުރިން ހީވީ އެހެން ކަމެއް ހެން ކުއްޖަކު ޒިނޭ ކޮށްގެން ހައްދު ޖަހަން ޖެހުމުން ވެސް ހީވީ އެހެން ކަމެއް ހެން މިހާރު އިންޑިޔާއެއް ނަސްލު ނައްތާލަން ކުރާ މަސައްކަތުގައި ދިވެހި ރާއްޖެއިން ކަންބޮޑު ވެގެން ބަޔާނެއް ވެސް ނެރެ ނުލާ ކިހާ ހެއްވާ

    57
    1
  3. ޒާ

    އެންމެ އުފާވާނީ ކެނެރީގޭ ނަޝީދާއި ޢަބްދުﷲ ޝާހިދު

    58
    1
  4. އަހުމަދު

    މޯދީ ޖީ. ތީހާދަ ނުލަފާ ކޭ ދޯ

    45
    1
  5. އަހުމަދު

    މޯދީ ޖީ. ތީހާދަ ނުލަފާ އެކޭ ދޯ

    47
    1
  6. ޖައުފަރު

    ލާދީނީ އެމް ޑީ ޕީ އެމް ޑީ ޕީ މީހުން ވަރަށް އުފާވާނެ މުސްލިމުންނަށް އަނިޔާ ވަންޏާ ޚާއްސަކޮށް އިންޑިއާ މީހުން މުސްލިމުންނަށް އަނިޔާ ކުރަންޏާ

    92
    • ތަހުމީނަ

      އަސްލު ވެސް ވަރަށް އުފާވޭ

      119
      16
      • ނަބާ

        ކަލޭ ތީކާކު؟ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަނލާންގެ ދީނަށް ނަސްރު ދެއްވާނެ !! ހިންދޫންގެ އަނިޔާތަކުން މަރުވާ ކޮންމެ މުސިމަކަށް ލިބިގެންދާނީ “ ޝަހީދެއްގެ “ ދަރަޖަ ! އާޚިރު ގައި ނެތިގެންދާނީ ތިޔަ ހިންދޫން ، މުސްލިމުންނަށް “ އިންޝާ ﷲ ކާމިޔާބު ދެއްވާނެ! ޔާ ﷲ އަނިޔާ ލިބެމުންދާ މުސްލިމުންނަށް އިބަ އިލާހުގެ ރަޙްމަތް ލައްވާ ، އެބައިމީހުން ސަލާމަތް ކުރައްވާނދޭވެ!!

        28
  7. ޕާޓޭ ގެ ޑެޑީ

    ވަގުތު މީހުންކީއްވެ ޗައިނާގަ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތައް ނުގެނެސްދެނީ؟؟

    8
    7
  8. Anonymous

    މި ސަރުކާރަށް ލާހިއްނޫން މި އަމަލު ކުއްވެރިބކުރާކަށް

    19
  9. ބޯގޯސް

    ރާއްޖޭގެ ވެސް ހަރުކަށީންނާ މެދު ހަރުކަށިވާނެ

  10. ހިތާމަ

    މިފަދަ އަމަލު ތަކަށް ކިޔަނީ މަޑުކަށި އަމަލު ބާ؟ މިއަދު ވެސ ރާއްޖޭގެ ޚަބަރުތަކުގައި ފެންނާން ހުރީ މިއަމަލު ހިންގުމުގައި އިސްކޮށް ތިބި މީހުނާ މިގައުމުގެ އިސް މީހުން އެކުގައި އުފާކުރާ މަންޒަރު ކަމުގައި ވާނަމަ މީގެ މާނައާ މެދު ވިސްނަން ނުޖެހޭބާ