ކޮވިޑް19 ޖެހިގެން އީރާނުން އިތުރު ހަަތަރު މީހަކު މަރުވެ، 106 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެ ގައުމުން ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 26 އަށް އަރާފައެވެ. އަދި އެ ވައިރަސް ޖެހުނު މީހުންގެ އަދަދު 245 އަށް ވަނީ އަރާފައެވެ.

އީރާންގައި ވަރަށް ބޮޑަށް ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ވެސް އީރާން މެދުވެރިވެގެން ކޮވިޑް-19 ފެތުރެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުގައި ކޮވިޑް-19 މިހާރު ފެތުރެމުން ދާތީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ޗައިނާގެ ވުހާންއިން ފެށިގެން ފެތުރެން ފެށި ކޮވިޑް 19 ޖެހިގެން މިހާރު 2000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ބަލި ކޮންޓްރޯލް ނުވެ މިހާރު50 ގައުމަކުން ކޮވިޑް 19 ވަނީ ފެނިފައެވެ. މި ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޗައިނާއިންނެވެ.