އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުންނާއި އެ ގައުމުގެ ފުލުހުންގެ އިތުރުން ހިންދޫ ދީނުގެ މީހުންގެ މެދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ހިންދޫ ދީނަށް ނިސްބަތްވާ މީހަކު 6 މުސްލިމުންގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ.

މުސްލިމުން ދިރިއުޅޭ ހިސާބުތަކަށް ހިންދޫ ދީނުގެ މީހުން ވަދެ، މުސްލިމުންގެ ގެތަކުގައި ހުޅުޖަހައި ރޯކޮށްލަމުން ދަނިކޮށް ޕްރެމްކަންޓް ބަގެލް ނަމަކަށް ކިޔާ މީހަކު ދިރިއުޅުނު ހިސާބުގައި މުސްލިމް އަވަށްޓެރިންވެސް ގިނަ އަދަދަކަށް އުޅުނެވެ.

ހިންދޫ އިން އަވަށްޓެރިންގެ ގޭގައި ރޯކޮށްލުމުން ބަގެލް ވަނީ ބޭރަށް ނިކުމެ ވަގުތުން އޭނާގެ މުސްލިމް އަވަށްޓެރިންނަށް އެހީވާން ފަށާފައެވެ. ރޯވެފައިވާ ގެއަށް ތެރެއަށް ވަދެ ބަގެލް ވަނީ އެގެއިން ޖުމްލަ 6 މުސްލިމުންގެ ފުރާނަ ސަލާމަތް ކޮށްދީފައެވެ.

މިކަން ކުރަން އުޅުމުގެ ތެރޭގައި ބަގެލް އަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު އޭނާ ހޮސްޕިޓަލަށް ގެންދަން އެއްވެސް ވެހިކަލަކެއްގެ ޑްރައިވަރު އެއްބަހެއް ނުވެއެވެ. އަދި އެމްބިއުލޭންސް ވެސް އޭނާ ބަލާ އައިސްފައެއް ނުވެއެވެ.

ބަގެލްގެ ހަށިގަނޑުގެ 70 އިންސައްތަ އަށަ ވުރެން ބޮޑު ބައެއް އަނދާފައިވާއިރު އެދުވަސް އެއްކޮށް އޭނާ ހޭދަކުރީ އެއްވެސް ސިއްޙީ ފަރުވާ އެއް ނުލިބިއެވެ. މިއާއިއެކު އޭނާގެ އާއިލާ އިންވެސއ ބަގެލް ސަލާމަތްވާނެ ކަމުގެ އުއްމީދު ނެތްކަމަށަ ވަނީ ބުނެފައެވެ. ނަމަވެސް މިވަގުތު ބަގެލް އަށް އަންނަނީ އެމަޖެންސީގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޫސަ

    މާތްﷲގެ އޯގާތެރިކަން މާބޮޑުވާނެ އިންސާﷲ ބަގެލަށް އަވަސް ޝިފާދެއްވައި، އަދި ތެދުމަގުވެސް ދެއްވާންދޭވެ. އާމީން

    60
    1
  2. ކޮސް

    ތިވާނީ މުސްލިމުންގެ ބަޔަކު 6 ހިންދޫން ސަލާމަތް ކުރި ކަމުގެ ޚަބަރަކަށް

    5
    21
  3. ރަނގަޅުމީހެއް

    ބަގެލް އައް އިސްލާމް ދީނުގެތެދުމަގުދެއްވާ އޭނާގެފާފަތައްފުއްސަވާންދޭވެ އާމީން

    52
    1
  4. މަރީ

    ހާދަ ރަހުމުކުޑަ ބަޔެކޭ ދޯ މި އިންޑިއާމީހުން .

    36
    1
  5. ާއަވަސް ޝިފާ

    މުސްލިމުން ނަށް އެހީތެރި ވެދެއްވި އެ ހިންދޫ މީހާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން

    47
    1
  6. Anonymous

    މާތްﷲ ތިބާއައް ހެޔޮ ވިސްނުން ދެއްވާ މުސްލިމުންގެ ތެރެން ލައްވާށިއެވެ.

    51
    1
    • އެނަމް

      މުސްލިމުންގެ ތެރޭގައި ލެވުނީމާ އިންސާނިއްޔަތަށް ވަކި މޮޅެއް ލިބޭތަ؟

      3
      11
    • އާދަނު

      ﷲ އޭނާ އަށް ހިންދޫން އަޖައިވާހާ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

      12
  7. Anonymous

    ހިންދޫންގެ ތެރޭގަވެސް ހުރެދާނެ މުސްލިމުންނަށް ރަހުމްހުރި މީހެއް. ނަމަވެސް މެޖޯރިޓީ ހިންދޫންނާ ބުޑިސްޓުން މުސްލިމުން ދެކެ އަންނަ ރުޅިން އެމީހުންގެ ހަށިތަކުގައި ވަނީ ހަސަދައިގެ ހުޅު ހިފާފަ

    19
    2