އިންޑިއާގެ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ފާސްކުރި ގާނޫނާއި ގުޅިގެން އެ ގައުމުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ބައެއް ހިންދޫ އިން މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ދީ، މުސްލިމުންނަށް ހިމާޔަތް ދީފިއެވެ.

އިއްޔެ ހިންދޫ ދީނުގެ އެތައް ސަތޭކަ ބަޔަކު ނިކުމެ ގިނަ މުސްލިމުންތަކެއް ދިރިއުޅޭ ނިއު ދިއްލީގެ އަޝޯކް ނަގަރުގެ ގެތަކުގައި ރޯކޮށްލުމުން އެ ހިސާބުގައި ދިރިއުޅޭ ހިންދޫ އިން ވަނީ އެމީހުންގެ މުސްލިމް އަވަށްޓެރިންނަށް އެހީތެރިވެ، ހަމަލާތައް ދެމުން ގެންދިޔަ މީހުންގެ ކިބައިން މުސްލިމުން ސަލާމަތްކުރަން އެމީހުންގެ އަމިއްލަ ގެތަކަށް ވައްދާފައެވެ.

އިއްޔެ އެ ސަރަހައްދުގައު ރޯކޮށްލުމުން ހިންދޫ ފިރިހެނަކު ވަނީ އަނދަމުން ދިޔަ އޭނާގެ އަވަށްޓެރިޔާގެ ގެއަށް ވަދެ، އެ ގެއިން ޖުމްލަ 6 މުސްލިމެއްގެ ފުރާނަ ވަނީ ސަލާމަތް ކޮށްދީފައެވެ.

ދިއްލީގެ ބައެއް ހިސާބުތަކުގައި ހަމަލާދެމުން ގެންދާ ބައެއް ހިންދޫ ގްރޫޕްތަކުގައި 1000ށް ވުރެން ގިނަ މީހުންވެސް ތިބޭއިރު، އެމީހުން ދަނީ މުސްލިމުންގެ ގެތަކުގައި ހުޅު ޖަހައި ރޯކޮށްލުމުގެ އިތުރުން މުސްލިމުންގެ ފިހާރަތައް ލޫޓުކޮށް، އެތަންތަނުގައި ހުންނަ ފައިސާ އާއި އެނޫންވެސް އަގުބޮޑެތި މުދާތައް ވަގަށް ނަގަމުންނެވެ.

މިފަދަ ކަމެއް ވާން އުޅޭ ކަމުގެ ކަމުގެ އިންޓެލިޖެންސް ރިޕޯޓެއް އިންޑިއާ ފުލުހުންނަށް ކުރީބައިގައި ލިބުނު ނަމަވެސް އެ ގައުމުގެ ފުލުހުން ވަނީ އެކަމަށް ބީރު ކަންފަތެއް ދީފައެވެ.

ހަމަނުޖެހުންތައް އިތުރުވުމުން މިކަންތަކުގެ ތެރެއަށް އިންޑިއާގެ ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް ވަދެފައިވާއިރު ސުޕްރީމް ކޯޓުން ބުނެފައި ވަނީ ފުލުހުން ޕްރޮފެޝަނަލް ނޫން ކަމަށާއި ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަބެ

    ޔާ ﷲ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުން އެ އަނިޔާވެރި ކަމުން ސަލާމަތް ކުރައްވާ އިބަ ﷲ ގެ ޢަދުއްވުން ބަލިކުރައްވާ މުސްލިމުންނަށް ކާމިޔާބާއި ނަސްރު ދެއްވާދޭވެ. ޢާމީން .

    57
    1
    • ޖޫން

      ޢާމީން

      22
  2. ޝޯލާ ސިސްޓަމް

    ޢާމީން...

  3. ލައްޗޭ

    އިންޑިއާއަކީ އަބަދުވެސް މުސްލިމުންނަށް ވަރަށް އަނިވެރި ބައެއްކަން ފހަގަކުރެވެއެވ.ެ.