ސަން މާރިއޯއިންވެސް ކޮވިޑް-19 އަށް މީހާކު ޕޮސިޓީވް ވެއްޖެއެވެ.

ސަން މާރިއޯ އަކީ އިޓަލީވިލާތުގެ އުތުރުގައި އޮންނަ ވަކި ގައުމެކެވެ. ކޮވިޑް-19 މިހާރު އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތެރޭގައި ޔޫރަޕު ހިމެނެއެވެ. ހާއްސަކޮށް އިޓަލީވިލާތުގައި ހަލުވިކަމާއި އެކު ބަލި އަންނަނީ ފެތުރެމުންނެވެ.

ސަން މާރިއޯގެ ސިއްހަތާއި ބެހޭ ވުޒާރާ އިން ބުނީ އެގައުމުގައި ކޮވިޑް-19 އިތުރަށް ފެތުރިގެން ހިނގައްޖެނަމަ އަޅާނެ ފިޔަވަޅުތައް ދެނެގަނެ، މިހާރު ގައުމުގެ ހުރިހާ އިދާރާތަކެއް ވެސް ތައްޔާރު ވެފައިވާ ކަމަށެވެ.

ސަން މާރިއޯ އަކީ ގާތްގަނޑަކަށް 33000 މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.

ކޮވިޑް-19 މިހާރު އިޓަލީވިލާތާއި ދެކުނު ކޮރެއާ އަދި އީރާންގައި ހަލުވިކަމާއި އެކު ފެތުރެމުން ދިޔަ ނަމަވެސް ޗައިނާގައި ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކީއްވެ ޗަންގީ އެއާރޕޯޓުގެ ފޮޓޯއެއް ލާއިފަ ހުރީ ސަން މަރީނޯގެ ޚަބަރަކަށް؟