ސީރިއާގެ އިދްލީބްގައި ހަރަކާތްތެރިވާ ތުރުކީ ސިފައިންނަށް އަމާޒުކޮށް ބައްޝާރުލް އަސަދުގެ ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 33 ސިފައިން މަރުވެ، އިތުރު އެތައް ސިފައިންނެއް ޒަހަމް ވެއްޖެއެވެ. ނަމަވެސް ޒަހަމްވި ސިފައިންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.

އިދްލީބްގައި ތުރުކީ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ތުރުކީގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން އެވެ.

އިދްލީބަށް ތުރުކީ ސިފައިން އަރާފައި ވަނީ ސީރިއާގެ ރައީސް އަސަދުގެ ސަރުކާރުން އެކަމާއި ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ. ނަމަވެސް ތުރުކީން ވަނީ ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާއި އެކު އިދްލީބަށް ފޮނުވާފައެވެ.

އިދްލީބްގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ތުރުކީން ބުނެފައި ވަނީ އެގައުމުން ސީރިއާގެ ސަރަހައްދަށް ވަންނަން މަޖުބޫރުވީ ހަނގުރާމަވެރިންގެ ނުރައްކަލުން ތުރުކީ ސަލާމަތް ކުރުމަށް ކަމަށެވެ. އިދްލީބް ހިމެނޭ ހާޓޭ ޕްރޮވިންސް އޮންނަނީ ތުރުކީ އާއި އެއް އިމުން ގުޅިފައެވެ.

ސީރިއާގައި ހަރަކާތްތެރިވާ ރަޝިއާ ސިފައިން ވަނީ ތުރުކީން އިދްލީބްގެ ހަނގުރާމަވެރިންނަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. ރަޝިއާ އިން ބުނާ ގޮތުގައި ތުރުކީން މަސައްކަތް ކުރަނީ ހަނގުރާމަވެރިން ބޭނުންވާ ގޮތަށެވެ.

އދ.އާއި ނޭޓޯ އަދި އެމެރިކާ އާއި އެހެން ގިނަ ގައުމުތަކުން ވަނީ އިދުލީބްގައި ބަދަލު ކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް ތުރުކީވިލާތައް ގޮވާލާފައެވެ. ނަމަވެސް ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމުގެ ވިސްނުމެއް ތުރުކީވިލާތުން އަދި ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަދު ބަޔަކަށް އެނގެނީ

    ސިނ ކުޑީގައި ތެތް ކަމެއް ހުރި މީހަކަށް އެނގޭނެ ސީރިޔާ އައި އެސް ޖަމާއަތުގެ ކިބައިން ސަލާމަތް ކުރުމުގެ ބިމުގެ ހަނގުރާމަ ކުރީ އީރާން ކަން.. ދަޢުވާ މި ކުރަނީ އީރާން ނުނު ކުތް ނަމަ ރަޝިއާ އަ ކައް އައިއެސް ބަލި ނު ކުރެވޭނެ

    31
    2
    • ހަގީގަތް

      އިރާން އިންވެސް ބޮޑު ޖަރީމާ އެއް ސީރިޔާގައި ހިންގަނީ. ކުށެއް ނެތް މުސްލިމުން މަރަނީ މުސްލިމުންގެ ގެދޮރު ތައް ސުންނާފަތި ކުރަނީ. ޝީއައި އިރާން ސުންނީ މުސްލިމުންނަށް ރަގަޅު ވާނެތަ؟ އިރާންގެ ކޮމާންޑަރު މަރާލައިގެން ވެސް ސީރިޔާގެ މުސްލިމުން އުފާ ފާޅު ކުރީ ކީއްވެކަން އިގޭތަ؟ އެއީ ޓެރަރިސްޓަކަށް ވީމަ

      17
      4
      • މަދު ބަޔަކަށް އެނގެނީ

        ވެރިޔާ އަހަރެން ދެބަސްނުވަން ތި ކަމާ އަހަންނަށް އެނގޭ ތީ ތެދެއް ކަން.. އެ ކަމަ ކު އީރާނުން އައިއެސް ފަނާ ކުރީ. އަދި ގަބޫލު ކުރިޔަސް ނު ކުރިޔަސް ދުނިޔޭގެ އެންމެ ވަރުގަދަ ފައުޖު އޮތީ އީރާން ގައި.

        6
        2
  2. ނިށާ

    އިސްލާމް ދީން ރަނގަޅަށް ދަންނަ ކަމުގައި ވާނަމަ އެނގެން ޖެހޭނެ މުސްލިމުން ނަ ކީބިމައްވަރުގަދަ ބައެއް ކަން އެ ކަންބަޔާންވެފަ އެ ބައިން.. ކާފަރުން ގަދަ އެއް ނުވާނެ ބިމަ ކައް..މޮޔައިން ގަބޫލު ކުރަނީ އެމަރި ކާ އީރާނައް ވުރެ ގަދަވާނަހެން..ހަނގުރާމަ ކޮއްފިއްޔާ އެމަރި ކާ ރޮއްވާލާނެ

    8
    1