ނިއުޒިލޭންޑާއި ބެލަރުސް އިން ކޮވިޑް-19 ފެނިއްޖެ އެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު މިއަދު ވަނީ އެ ގައުމުން ކޮވިޑް19 ފެނުނުކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ، އެ މީހާއަކީ އުމުރުން 60 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ މީހެއް ކަމަށާއި، އެ މީހާއަކީ ނިއުޒިލޭންޑަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އެ މީހާ ދާދި ފަހުން އީރާނަށް ދަތުރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މީހާއަކީ މީގެ ކުރިން ދެ ފަހަރު ޓެސްޓުކޮށްގެންވެސް ކޮވިޑް19 އަށް ނެގެޓުވްވި މީހެކެވެ.

ބެލަރުސް އިން މިއީ ކޮވިޑް19 ފެނުނު ފުރަތަމަ ފަހަރެވެ. އެ ގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން ބުނީ، ކޮވިޑް 19 ފެނިފައި ވަނީ އީރާން ދަރިވަރަކަށް ކަމަށެވެ.

"އިއްޔެ ހެދި ލެބޯޓްރީ ޓެސްޓުތަކުން އީރާނަށް ނިސްބަތްވާ ޒުވާން ފިރިހެނެއް އޭނާ ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި. އެ ދަރިވަރަކީ ބަކޫ އިން ފެބްރުއަރީ 22 ވަނަ ދުވަހު އެ ގައުމަށް އައި ދަރުވަރެއް".

އެ މީހާ އާއި އޭނާއާ ކޮންޓެކްޓްވިކަމަށް ބެލެވޭ މީހުން މިހާރު ތިބީ ކަރަންޓީންކޮށްފައެވެ. އަދި އެނާގެ ހާލަތު ރަނގަޅު ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔޭގެ ހުރިހާ ހިސާބަކުން މަރުވި މީހުންގެ ޖުމްލަ އަދަދު 2858 އަށް ވަނީ އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު