ވޭލްސް އިން ކޮވިޑް19 ފެނިފައިވާކަން އެ ގައުމުން ހާމަކޮށްފިއެވެ.

އެ ގައުމުގެ ޗީފް މެޑިކަލް އޮފިސަރ ޑރ ފްރޭންކް އެތާރޓަން ވަނީ އެ ގައުމުން ފުރަތަމަ ފަހަރަށް ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.

"އެ ގައުމަށް އިތުރަށް މި ވައިރަސް ފެތުރުނަ ނުދީ ހިފެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް ދަނީ އަޅަމުން"

އޭނާ ވިދާޅުވީ، އެ މީހާއަކީ އިޓަލީން އެ ގައުމަށް އައި މީހެއް ކަމަށާއި، އޭނައަށް އެ ވައިރަސް ޖެހުނީ އިޓަލީން ކަމަށެވެ.

އެ މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ މީހުން ހާމަކޮށްފައެއް ނުވެއެވެ. އެެ މީހުން އެފަދަ މައުލޫމާތުތައް ހާމަކޮށްފައި ނުވަނީ އެ މީހާގެ ރައްކާތެރިކަމަށް ކަން ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔޭގެ ހުރިހާ ހިސާބަކުން މަރުވި މީހުންގެ ޖުމްލަ އަދަދު 2858 އަށް ވަނީ އަރާފަައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    އިޓަލީ ވިލާތު ގެ ފަތުރު ވެރިން ގެ ޒަރިއްޔާއިން ގައު މުތަކައް މި ވިއަރަސް ފެތުރޭ އިރު..މިމީހުން ރާއްޖެ އައުން މަނާ ނުކުރެވިގެން މި އުޅެނީ ކީއްވެ