އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއުދިއްލީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 48 ގަޑިއިރު ތެރޭގައި ހަތަރު މިސްކިތެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

އިންޑިއާގައި މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން ފާސްކުރި ޤާނޫނާއި ދެކޮޅަށް މުސްލިމުން ދަނީ ސުލްހަވެރި މުޒާހަރާތައް ކުރަމަަމުންނެވެ. އެ މުޒާހަރާގެ ތެރެއަށް ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ ހަރުކަށި ހިންދޫ ވަދެ، ހަމަނުޖެހުން ހިންގާ، މުސްލިމުންގެ ގެދޮރާއި މުދަލުގައި އަލިފާން ޖަހާ، އެތައް މުސްލިމުންނެއް ދަނީ މަރަމުންނެވެ.

ދިއްލީގައި އަލިފާން ޖަހާ ރޯކޮށްލާފައިވާ މިސްކިތްތަކުގެ ތެރޭގައި އަޝޯކް ވިހާރްގައި ހުންނަ މައުލާނާ ބަކްޝް މިސްކިތާއި އަޝޮކް ނަގަރްގައި ހުންނަ ޗާންދު މިސްކިތް، ގޮލަކް ޕޫރީގެ ޖަމިއްޔަތުލް އަރަބިއާ މަދީނަތުލް އުލޫމް މިސްކިތުގެ އިތުރުން، މުސްތަފާ އާބާދުގައި ހުންނަ ފަރްގިއްޔާ މަސްޖިދު މިސްކިތެއްގައެވެ.

އަލިފާން ރޯކޮށްލި މިސްކިތްތަކުގެ ތެރެއިން މައުލާނާ ބަކްޝްގައި އަލިފާން ޖެހުމަށްފަހު، ހިންދޫ ގްރޫޕުން ވަނީ އެ މީހުންގެ ކަލާނގެތަކުގެ ނަންތައް ބާރަށް ގޮވާ މިސްކިތުގެ ވަށާ ބުރުޖަހާފައި ވެއެވެ. އަދި މިސްކިތުގެ ގުއްބުގެ ގައި އެ މީހުންގެ ދީނީ އިމާރާތްތައް ލިޔެފައިވާ ދިދައެއްވެސް ވަނީ ޖަހާފައެވެ.

އިންޑިއާގެ ގިނަ ހިސާބުތަކުގައި މުސްލިމުންނާއި ދެކޮޅަށް ނުކުންނަ ހިންދޫން ހިމާޔަތްކޮށް އެ މީހުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ވާހަކަދެކެވެމުން ދެއެވެ.

އިންޑިއާގެ ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ފާސްކުރި ގާނޫނާއި ގުޅިގެން އެ ގައުމުގެ މަޝްރަހު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންޑިޔާފަސްބައި

    ދިވެހި ރާއްޖެއިން އުފާ ފާަޅުކުރުމުގެ ބޮޑު އިވެންޓެއް ދިއްލީގައި ބާއްވައިދިނުމަށް، މިހާރު އިންޑިޔާއްށް ގޮސް ހުރި އައްނިއަށް ޓްވީޓުކިށްދިނުމަށް އިބޫސާލިހުގެ އަރިހުން އެދެން، ނޫނިއްޔާ އޭނަ ފޮނުވިފާވީ ކުރީބައިގަ އެކަމަށް ތައްޔާރުވުމަށް
    ކަމުގައިވާނަނަ އަޅުގަނޑުމެންވެސް ކޮއްމެވެސްކަމެއް ކޮއްލުމައްޓަކްއި އެކަން އަންގަވައިދެއްވުން އެދެން! ވައްސަލާމް!!!

    11
    1
  2. ބަންދެބަސް

    ހަރުކަށްޓޭމެން ވިއްސާތީތަ؟

  3. ހަސްމާ

    ހުޅުޖަހަން އެންމެ ކުޅަދާނަ މީހާ ޔަހޫދީ މޮޑީ ބުނެގެން ވެއްޖެ ގޮސް އިންޑިޔާގައި

    21
    • ޝަރީފް

      އޭނާ އިންޑިޔާއަށް މިދިޔައީ ލޯކަލްކައުންސިލް އިންތިޚާބު އޮޅުވާލުމުގެ މަޝްވަރާތަކަށް.

  4. ޅަބޭ

    މުސްލިމުންގެ މުގައްދަސް ތަންތަނަށް ހިތުހުރިހާ ގޮތަކަކަށް ބުދުދީނުގެ ބައިގަޑު ހަމަލާދޭތަން ބަލަން މަންދޫބަކު މިތަނުން ފޮނުވުން އެއީ އެޖެންޑާ 19ގެ ވައުދެއްބާ!

  5. ލޮލާލޯ

    ކޮބައިތަ މުސްލިމުން ދެކެ ލޯބިވާ ކެނެރީ ބުއްޅަ ގެރި މޯދީގެ ލޮލާލޯ އެހުރިހައި މިކިތްތަކެއް އަންދާ ހުސްކުރާއިރު މިކެރަފާދިއުޅިޔަށް ހަމަ އެއްވެސްއެއްޗެއް ގެރި މޯދީއާދިމާއަށް ބުނާކަ ށެއްނުކެރުނުދޯ ބަޔަކު ލާދީނީވާނީތިހާވަރަށް ކޮބައިތަ ޖަޒީރާ ކޯލިޝަނުގައި ތިބި މަހުޖްނުން ރަން 30 އަހަރުގެ ބާނީ އިން ޑިޔާގެނިކަމެތި މުސްލިމުންނަށް ގެރިމޯ ދީއެފަދައަނީޔާތަކެއް ދެމުންދާއިރު އެހުރިހައި މިސްކިއް ތަކެއްއަންދަމުން ދާއިރު ދިވެހިގައުމާއި ރައްޔަތުންދެކެ ލޯބިވާ އޯގާތެރި ސަރުކާރުގައި ތިބިލީޑަރުންތައް ކޮބާތަ ނުފެނޭތަ އިންޑިޔާގެ މިސްކިތްތައް އަންދާ ތަނެއް އެކަންކުށްވެރި ކޮށްހަމައެވެސް އެއްޗެއް ބުނާކަށް ނުކެރުނުދޯ ހާދަ އިސްލާމްދީން ދެކެލޯބި ވާއޯގާތެރި ލީޑަރުން ތަކެކޭދޯ ގެރިމޯދީއާއި ކަރާކަރުޖައްސާލައި ލޮލާލޯ ދިމާކުރަން ގެރިމޯދީއަށް އަވަހަށް ދައުވަތުދީ ނޫނޭ ލާދީނީކިޔަނީ ހަމަކިޔާ ވަރުވީމަ!

    6
    1
  6. Anonymous

    ހެވެންނު. އެދިޔައީ ވިއްޔަ ލޮލާލޯ ސީދާކުރަން. މުސްލިމުންނަށް ވެސް ކޮންމެ ގޮތެއް ހެދިޔަސް . އަދި މިސްކިތައް ކޮން ހުރުމަތެއް ބަހައްޓާނީ . މިސަރުކާރަށް ނުކެރޭނެ އެކަން ކުށްވެރިކޮށް ލާކަށް. ލާދީނީ ކަލޭގެ ލޮލާއި ލޯ ސީދާ ވާތީ