މެކްސިކޯ އިން ވެސް ކޮވިޑް19 ފެނިއްޖެއެެވެ.

މެކްސިކޯގެ ހެލްތް މިނިސްޓްރީން ވަނީ އެ ގައުމުން ކޮވިޑް ވައިރަސް ޖެހިފައިވާ ދެ މީހަކު ފެނިފައިވާކަމަށް ބުނެފައެވެ.

އެ މިނިސްޓްރީން ހާމަކުރިގޮތުގައި، އޭގެ ތެރެއިން އެކަކީ މެކްސިކޯ ސިޓީއަށް ނިސްބަތްވާ މީހެކެވެ. ދެވަނަ މީހާއަކީ ސިނަލޯ ސްޓޭޓަށް ނިސްބަތްވާ މީހެެވެ. ދެ މީހުންވެސް ވަރަށް ބޮޑަށް ބަލި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތް މިނިސްޓްރީން ހާމަކުރިގޮތުގައި، ކޮވިޑް19 އަށް ޕޮޒިޓްވި ފުރަތަމަ މީހާގެ އާއިލާއަށް ނިސްބަތްވާ ފަސް މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީއެއްގައި ބައިތިއްބާފައެވެ.

ކޮވިޑް 19 ފެނުނު ގައުމުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޗައިނާގެ ވުހާން އިން ފެތުރެން ފެށި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2500 އަށްވުރެ މައްޗަށް އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު