ކޮވިޑް 19 އަށް ޕޮޒިޓުވްވި ދެ ފަތުރުވެރިއަކު ފެނިގެން ޔޫއޭއީގައި ދެ ހޮޓަލެެއް ކަރަންޓީންކޮށްފިއެވެ.

އަލްޖަޒީރާއިން ބުނެފައިވާގޮތުގައި، ޔޫއޭއީގެ ކެޕިޓަލް އަބޫދާބީގައި ހުންނަ ދެ ހޮޓަލެއް ކަރަންޓިންކޮށްފައި ވަނީ އިޓަލީއަށް ނިސްބަތްވާ ދެ ފަތުރުވެރިއަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ކަރަންޓިން ކުރި ދެ ހޮޓަލުގައިވެސް ގެސްޓުން އެބަ ތިއްބެވެ.

މީގެ އިތުރުން، ކޮވިޑް 19 ޖެހުނު ދެ މީހުންނާއި ގާތްކޮށް އުޅުނު މީހުންވެސް ވަނީ ޔަސް އައިލެންޑްގައި އެ މީހުން ދިރިއުޅޭ ގޭގައި އައިސޮލޭޓްކޮށްފައެވެ.

އިޓަލީއަށް ނިސްބަތްވާ އެ ދެ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެއެވެ.

ޔޫއޭއީގައި ދެ ހޮޓަލެއް ކަރަންޓީން ކުރިއިރު، އެ ގައުމުގައި ކޮވިޑް 19 ޖެހިގެން ބައެއް މީހުންނަށް ފަރުވާދެމުން އެބަ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަކުރ

    މި ރާއްޖޭގަ ކޮން އިރަކު ތަ އިޓަލީ މީހުން އައުން މަނާ ކުރަނީ.. ޔަގީނުން ވެސް އެއައް ވުރެ މަދުން ބަލި އުޅޭ ރާއްޖެ ހަާލަކުން ފަހަރަކު އަންނަ އީރާނާ މެދު ފިޔަވަޅު އެޅޭ

  2. Anonymous

    ކޮބާ ޗައިނާ މީހުން ވެސް އެދިވސް އާދޭ. ޢިޓަލީ ހުއްޓުވާ ލަސް ނުވަނިސް