އީރާނުގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުން އަންނާތީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ސްޕޯކްސްޕާސަން ހާމަކުރިގޮތުގައި، ކޮވިޑް19 އާ ގުޅިގެން މިއަދުން ފެށިގެން ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓާލާފައެވެ.

ސްޕޯކްސް ޕާސަން އަސަދުﷲ އައްބަސީ ވިދާޅުވީ، އެ މަޖިލީހުގެ އެއްވެސް ބައްދަލުވުމެއް، އަންގަންދެން، ދެން ނޯންނާނެ ކަަމަށެވެ.

އީރާނުން މިހާތަނަށް 400 އާ ގާތް ކުރާ އަދަދަކަށް ކޮވިޑް 19 ޖެހުނު މީހުން ފެނިފައި ވެއެވެ. އަދި ކޮވިޑް19 ޖެހިގެން 34 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އިސްލާމިކް ރިޕަބްލިކްއަށް ނިސްބަތްވާ އެ ގައުމުގެ ޑެޕިޔުޓީ ހެލްތް މިނިސްޓަރވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

އަދި އީރާނުގެ ނައިބް ރައީސް ފޯ ވުމެންޑް އެންޑް ފެމެލީ އެެފެއާޒް މަސޫމޭ އެބްޓެކަރްވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން އެފެއާސް ކޮމެޓީ މުތްޖަބާ ޒޮލްނޫރް ވަނީ އޭނާއަށް ކޮވިޑް 19 ޖެހިފައިވާކަމަށް ވީޑިއޯއެއް މެދުވެރިކޮށް ހާމަމޮށްފައެވެ.

އީރާނަކީ ކޮވިޑް 19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައުމެވެ.