އައިސްލޭންޑުން ކޮވިޑް-19 ފެނިއްޖެއެވެ.

އައިސްލޭންޑްގެ އޮފިޝަލުން ބުނީ އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ދާދި ފަހުން އިޓަލީވިލާތުގެ އުތުރުގެ ސަރަހައްދަކަށް ދަތުރު ކޮށްފައި އެނބުރި އައި ފިރިހެނެއް ކަމަށެވެ.

އޭނާ ވަނީ ނޭޝަނަލް ޔުނިވަސިޓީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ކަމަށް އައިސްލޭންޑްގެ ޑިޕާޓްމަންޓް އޮފް ސިވިލް ޕްރޮޓެކްޝަން އެންޑް އެމަޖެންސީ މެނޭޖްމަންޓް އިން ބުނެއެވެ.

އައިސްލޭންޑުން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 50 ވަރަކަށް އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް ހުން އައުމާއި ކެއްސުން ފަދަ އަލާމާތްތައް އޭނާގެ ކިބައިން ފެންނަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް އައިސްލޭންޑްގެ އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު