ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު ހަތަރު މީހަކު މަރުވެއްޖެއެވެ.

އަދި ބައްޔަށް އިތުރު 166 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ 821 އަށް މިހާރު އަރައިފި ކަމަށް އިޓަލީވިލާތުގެ ސަރުކާރުން ދެންމެ ވަނީ ބުނެފައެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ އިޓަލީވިލާތުގެ މިލާން ރީޖަންގައި އޮންނަ ލޮމްބާޑީގައެވެ. އަދި ވެނެޓޯ ރީޖަންގައި ވެސް ވަނީ ވަރަށް ބޮޑަށް ބަލި ފެތުރިފައެވެ. ވެނިސް އަކީ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ އެސަރަހައްދުން އެއްވެސް މީހަކު ބޭރަށް ނުދިއުމަށް އިޓަލީވިލާތުގެ ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

އިޓަލީވިލާތަށް ދަތުރު ކޮށްފައިވާ ގިނަ ބައެއްގެ ގައިން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. އިޓަލީވިލާތައް ދަތުރުކުރި މީހުންގެ ގައިން ކޮވިޑް-19 ފެނިފައި ވާތީ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިރޭ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު