ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު އިންޑިއާއަށް ކުރަން ފަށައިފިއެވެ.

ފައިސާ ގަނެ ވިއްކުމުގެ އަގުތަކަށް ބަލާއިރު އިންޑިއާގެ ރުޕީސްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައެވެ. އިންޑިއާއިން ފައިސާ ގަނެވިއްކުމުގައި ޑޮލަރުގެ ރޭޓަށްބަލާއިރު ޑޮލަރެއް އުޅެނީ 72.29 "ރުޕީޒް" އަށެވެ. އިންޑިއާގެ ތަފާސް ހިސާބިތަކުން ދައްކާ ގޮތުގައި މިއީ އިންޑިއާއިން ނިމިދިޔަ އަހަރުގެ ސެޕްޓެންބަރ މަހުގެ ފަހުން އިންޑިއާ ރުޕީސްގެ އަގު މިހާދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިންޑިއާ ފައިސާގެ އަގު މިހާދަށައް ގޮސްފައި ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ ބައެއް އިންވެސްޓަރުން އެމީހުންގެ ޝެއަރ (އިކުއިޓީ) ވިއްކަން ފެށުމުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި "ކޮވިޑް 19" ގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރިއަށްވެސް ދަނީ ހީނަރުކަމެއް އަންނަމުންނެވެ. ބާޒާރުގައި ތެލުގެ އަގު އެވްރެޖްކޮށް މިހާރު އުޅެނީ 51.15 ޑޮލަރަށެވެ. މިއީ ކުރިން ތެޔޮ ވިއްކަމުންދިޔަ އަގުތަކާއި އަޅާބަލާއިރު 1.97 ޕަސަންޓް ދަށް އަދަދެކެވެ.

"ކޮވިޑް 19" ގެ ސަބަބުން ދުނިޔެއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. މިހާތަނަށް ވައިރަސްއަށް 85،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު 2،900 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ....

    މުސްލިމުގައުމުތައް ފުނޑާލާފަ މިސްކިތު ހުޅުޖަހާ ގުރުއާނައް އިހާނެތިކޮއްހިތާ ނަމާދު ނުކޮއް ބޭކާރު ދޮގުވާހަކަ ދައްކާނަމަ ތިހުރިހާ ކަމެއްވެސްވާނެ ހަމައެކަނި ދެއްކެވި މަގުންހިނގާނަމަ ﷲ ތިޔަހުރިހާ ކަމެއް ހިނދުކޮޅެއްތެރޭ ބަދަލު ކުރައްވާނެ

    19
    1
    • ޣަނީ

      ކާފަރު ގައުމުތައް ކުރިއަރާފަ މުސްލިމް ގައުމުތައް ފަހަތުގަ މިތިބެނީ ތިހެއްވެދޯ

      2
      11
      • އަހްމަދު

        ކާފަރު ގައުމުތަކުން މުސްލިމް ގައުމުތައް ފޭރުނީމާ ކިހިނެއްތޯ ކުރިއަރާނީ؟ އެމީހުންގެ އަނބިދަރިން މަރާ، ރޭޕްކޮށް، ގެތައް ސުންނާފަތިކޮށް، ޑްރަގުތައް އެތެރެކޮށް ގައުމު އެފުށްމިފުށަށް ޖެހީމާ ކިހިނެއްތޯ ކުރިއަރާނީ؟ މިހާރު އެގައުމުތަކުގައި ގިނަވީ ރަނގަޅަށް ނަމާދު ކުރަންވެސް ނުދަންނަ ދީނުގައިވާ ކަންތައްތައް ނޭގޭ މީހުން. އެމީހުންނަށް ރަނގަޅުގޮތް އުގަންނައިދޭނޭ ބައެއްވެސް ނެތް.

  2. Anonymous

    ޢަލްހަމްދުލިﷲ