ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެން، ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންގެ މުސާރަ ކުޑަކުރަން އެޤައުމުގެ ޤާނޫނޫ ހަދާ މަޖިލީހުން ނިންމައިފިއެވެ.

ސިންގަޕޫރުގެ ޤާނޫނު ހަދާ މަޖިލީހުން މި ނިންމުން ނިންމާފައިވަނީ އިއްޔެ އެވެ. މި ނިންމުމާއެކު މަޖިލީހުން ވަނީ ސިންގަޕޫރުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އެހެން މުވައްސަސާތަކުގެ އިސް ފަރާތްތަކުގެ މުސާރަ ކުޑަކުރަން ކަނޑައަޅާފައެވެ.

މި ނިންމުން މަޖިލީހަށް ހުށަހަޅާފައ ވަނީ ސިންގަޕޫރުގެ ނައިބު ބޮޑުވަޒީރު، އަދި އެޤައުމުގެ ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ވެސް ހުންނެވި ހެންގް ސްވީ ކީޓް އެވެ. މި ނިންމުމާއި ގުޅޭގޮތުން ހެން ވިދާޅުވެފައި ވަނީ މިއީ މި ނުރައްކާތެރި ދަނޑިވަޅުގައި ސިންގަޕޫރުގެ ރައްޔިތުންނާއި އެކު އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވިކަން ހާމަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ނޫސްތައް ބުނާގޮތުގައި ސިންގަޕޫރުގެ ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ނިންމާފައި ވަނީ އެއްމަސް ދުވަހަށެވެ. މިފަދަ ނިންމުމެއް އެޤައުމުގައި ނިންމާފައިވާއިރު، ކޮރޯނާ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ސިންގަޕޫރު ސަރުކާރުން ކުރިން ވަނީ ނިންމާފައެވެ.

ސިންގަޕޫރުން ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ދާއިރު، އެޤައުމުން މިހާތަނަށް 98 މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ. ވައިރަސް ޖެހިގެން އަދި އެޤައުމުން މީހަކު މަރުވެފައި ނުވީނަމަވެސް، ސީރިއަސް ހާލުގައި 8 މީހަކަށް ފަރުވާދެމުންދާ ކަމަށް އެޤައުމުގެ އިދާރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. ސިންގަޕޫރަކީ މިހާތަނަށް ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ޤައުމެވެ. މިހާތަނަށް ނިސްބަތުން އެންމެ ގިނަ ބަޔަކު މި ވައިރަސް އިން ސަލާމަތްވެފައި ވަނީ ވެސް އެޤައުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާއްޖޭގެ މީހާ

    ރާއްޖޭގެ މިކަމުގެ އަސަރު ކުރީ ޓީޗަރުންނަށް...ނުވިތާކަށް އެއްވެސް ސަރުކާރަކަށް އިތުރު ގަޑީގައި ކުރާ މަސައަކަތުގެ އުޖޫރަވެސް ނުދިން.....ކައުންސިލަރުންގެ މުސާރަ ހައްތަހާ ބޮޑު.....

    28
    1
  2. ރާއްޖޭ

    ބޮޑުންގެ ޖީބު ހައްތަހާ ބޮޑު..މަތީ ފަޑީގައި ތިބޭ މީހުން ހައްތަހާ ގިނަ...ކޮންމެ ސަރުކާރަކުންވެސް ނިކަމެތި ކޮއްލަނީ އެންމެ ނިކަމެތި އާދައިގެ މުވައްޒަފުން...

    16
  3. ޗާލު

    މިރާއްޖޭގައި އުޅޭ ބޭރުމީހުން ކޮޕީކުރާ މަކުނުގޭ ރައީސަށް މިޚަބަރުކަމަކުުދާނެ. މުސާރަ ބޮޑުކުރިކަން ޚަބަރުން ގެނެސްދިންނަމަ މެމްބަރުންގެ މުސާރަ ބޮޑުކުރީސް. ކްރޯނާގެ އަސަރުުކުރީ ސިވިލް ސާވަންޓުންނަށް އިތުރުގަޑ ކަނޑާލައިފި. މުސާރައިގެ ކުރިއެރުން ހުއްުޓުވައިފި. ވަރަށް ދަތި ހާލެއްގަ މިއުޅެނީ. ވަރަށް އަސަރުކުރޭ އެބަ. ވެރިންދަނީ ރައްޔިތުންގެ ޚަޒާނާއިން ފެންވަރަމުން. ވަރަށްގިނަ ވާހަކަ މިބުނަނީ ދެފޮޅުވަތުން.

    14
    1
  4. ރައްޔިތުމީހާ

    މިރާއްޖޭގައި ކަންހިނގާނީ މިޔާ އިދިކޮޅަށް! މުސާރަ ކުޑަކުރާނީ ސިވިލް ސަޜވިސް މުވައްޒަފުންގެ! އެ މުވައްޒަފުންގެ އިތުރު ގަޑީގެ ލާރިކޮޅުވެސް ކުޑަކޮށްލީ! އެކަމަކު ކެބިނެޓް މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުންނާއި ބޮޑެތި މުސާރަތައް ލިބޭ ކުންފުނި ތަކުގެ ވެރިން ފެންވަރުގެ އެއްވެސް ބޭފުޅެއްގެ މުސާރައެއް އެލަވަންސެއް އިތުރު ގަޑީގެ ފައިސާއެއް އުންޏެއް ނުކުރެވޭ! ނުވިތާކަށް ބޮޑެތި މުސާރަތަ ކުގައި އަލަށް މުވައްޒަފުންނެގުމާއި ސިޔާސީ މަޤާމް ތަކުގައި ތިބި ގިނަބައެްްގެ މުސާރަތަް 3 ގުނަ ބޮޑުކޮށްލީ! މިޤައުމުގައި ހަނާވާނީ އަބަދުވެސް ނިކަމެތި ރައްޔިތުން މުސާރައާއި އެލަވްނސުން އުނިކުރެވޭނީވެސް އެބައިމީހުންގެ! ބޮޑުން ތިބޭނީ ބޮޑުންގެ ގޮތުގައި!

    14
  5. މާހިރު

    ޙިތިބޭސް ބޯން ޖެހިފަ މިއޮތީ މިހާރުންމިހާރަށް މަޖިލިސް ސިޔާސީ މީހުންގެ މުސާރައިންއެތިކޮޅެއް ކަޑުއްވައިި ދެއްވާ ނޫނީ ބޮޑުތަނުން ތާށިވެދާނެ ވަރަށް ވިސްނުންތެރި ކަމާއެކު ރައިޓް ޑިސިސަން ނަންގަވާ ހުރިހާ މީހުން ތިބީބަލަން....އިނގޭ ގަޑިކަށި ނުހުއްޓޭނެ ބެޓެރި ބާރުހުރިއްޔާ ލަސްވީމަ އެލަސްވީ ..