އިންޑިއާގެ ވެރިކަން ކުރާ ސިޓީ ނިއުދިއްލީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މިހާރު ވަނީ ހާލުގައި ޖެހިފައެވެ. ބައެއް ގެތަކަށް ގެއްލުންދިނުމާއި، ބައެއް ގޭގައި ދަނީ އަލިފާން ޖަހަމުންނެވެ.

އިންޑިއާގައި މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން ފާސްކުރި ޤާނޫނާއި ދެކޮޅަށް މުސްލިމުން ދަނީ ސުލްހަވެރި މުޒާހަރާތައް ކުރަމަަމުންނެވެ. އެ މުޒާހަރާގެ ތެރެއަށް ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ ހަރުކަށި ހިންދޫ ވަދެ، ހަމަނުޖެހުން ހިންގާ، މުސްލިމުންގެ ގެދޮރާއި މުދަލުގައި އަލިފާން ޖަހާ، އެތައް މުސްލިމުންނެއް ދަނީ މަރަމުންނެވެ.

ޔަމުނާ ވިހާރްގައި އުޅެމުންދާ އުމުރުން 33 އަހަރުގެ ޕްރީތީ ގާރްޖް ބުނީ، ދިއްލީގައި ހަމަނުޖެހުންތަކުގައި ބައެއް މީހުން އޭނާގެ ގޭގައި އަލިފާން ޖެހި ކަމަށެވެ. އަދި އެވަގުތު އޭނާގެ ދެ ފިރިހެން ދަރިންވެސް ތިބީ ގޭގައި ކަމަށް އޭނާ ބުނެފައި ވެއެވެ. އެއީ އުމުރުން ފަސް އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖެކެވެ. އެ ކުދިން ސަލާމަތް ކުރުމަސް ޖެހުނީ އެއް ވަނަ ފަންގިފިލާއިން ފުންމާލާށެެެވެ.

""އެތަނުގައި ހަމަނުޖެހުންތައް ދިޔަ އެތައް ގަޑިއިރަކަށް ދެމިގެން މިދިޔަ ހޯމަ ދުވަހު، ފުރަތަމަ ގާތައް ގަޔަށް އުކަން ފެށީ، އަދި ދެން ފެށީ ހަމަނުޖެހުން ހިންގަން އެ މީހުން ވަނީ އަހަރެމެންގެ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ޕެޓްރޯލް ޕަމްޕެއްގައި ރޯކޮށްލައިފި، އަދި އެ މީހުން އަހަރެމެން ގޭގެ ތިރީ ފަންގިގިލާ ލޫޓުވަން ފެށި، އަދި އަހަރެންގެ ގެއަށް އަލިފާނުގެ އަސަރު ކުރި، އެއިރު އަހަރެންނާއި އަހަރެންގެ ދެ ދަރިން ތިބީ ފުރަތަމަ ފިންގިފިލާގައި، އެއިރު، ފިިރިމީހާ އާއި ފިރިމީހާގެ މަންމަވެސް ތިބީ، އަހަރުމެން ފުރަތަމަ ވިސްނީ ދަރިންކޮޅު ސަލާމަތް ކުރަން"، އޭނާ އެންޑީޓީވީއަށް ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި، އެ ކުދިން ސަލާމަތް ކުރުމަށް، ބެލްކަނިން ތިރިއަށް ބޭލުވީ ވަރާށް ބިރުން ތިބެއެވެ. އެ ކުދިން ބެލްކަނިން ތިރިކޮށް، އެ ކުދިން ޖެހުނީ އެތަނުން ފުންމާލާށެވެ.

އޭގެ ފަހުން އެ މީހުން ގޮސް އެރީ އަވައްޓެރިއެއްގެ ގޭގެ ފުރާޅަށެވެ.

"އަހަރެން ބެލްކަންޏަށްދާ ކޮންމެ ފަހަރަކު ހިތަށް އަރަނީ މާމަ ދަރިންކޮޅު ބެލްކަނިން ފުންމާލާ ގޮތް" އެ ކުދިންގެ މާމަ ބުނެފައި ވެއެވެ.

އިންޑިއާގެ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުލްނަވާ

    ގެރި މޯދީ ގައިގައި ގުދުރަތީ އަލިފާން ރޯވާނެ އިރެއްގެ އިންތިޒާރުގ މަ މިހުރީ. އަހަރެމެން ތިބޭނީ ދެނާށި ތަޅަން.

    74
    1
  2. ނަޞްރު

    މިފަދަ ގޮތަކަށް ފުރާނަދާ މުސްލިމުް އެއީ ޝަހީދުވީއޭ ބުނަން ބިރުގަތީތަޯ؟

    38
  3. ޔާ ﷲ

    މިކަހަލަ ހަމަލާ މުސްލިމުން ނަށް ކުރާ މީހުންނަށް ދިގުއުމުރު އެކަލާނގެ ދެއްވާނެ.. ސަބަބަކީ ވީހާވެސް ފާފަ ގިނަކޮއް ފަހުން އެއުރެން ނަށް ވޭން ހުރި އެތިފަހަރެއް ވީއްލުމައް ޓަކައި.. ހީނުކުރާތި މުސްލިމުން ވޭން އަޅާ ހާލު މަރަމުން ދާއިރު މާތްﷲ ބައްލަވާވޮޑިގެން ނުވާކަމަމަށް..

    27
  4. ޔ

    މާތް ﷲ ގެ ރައް ދު ގަ ދަފަ ދަ ހިއްޕެވުމަކުން އަންނާނެ.. އެ އަންނާނެ ވަގުތެއް އެކަކަށް ވެސް ނޭނގޭނެ..މި އަ ދުގިނަގައުތަކުން ބޮޑު ޖަރީމާ މުސްލިމުންނަށް ހިންގާއިރު މާ ދަމާ ތި ހާލު އެ މަރިކާ އަ ދި ޔޫރޮޕައް ޖެހޭނެ..އެ ދުވަހަކީ އިސްލާމުން އެކަތިގަނޑަކަށް އަރާނެ ދުވަސް އީރާނާ ސައޫ ދީ ކޮނޑާ ކޮނޑު ޖައްސާ ﷲ ގެ މަގުގައި އަ ދުއްވުން ކުޑަކަކޫ މައްޗައް ތިރިކުރާނެ.

  5. ރާއްޖެތެރެ

    ނަޝީދު ތައުރީފު ކުރީ މޯދީޔަ އަނިޔާ ކުރާ ބަޔަކަ. މިކަލަ މީހުން ރާއްޖޭ ބޭރުކުރަންޖެހޭ

    46
  6. މުސްލިމުން

    ނަޝީދުއަށް ކީއްވެތަ މޯދީ ގާތުން ނޭދެވެނީ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލަން. މީ އެއްވެސް ފަޢސާއެއް ޚަރަދުނުކޮށް ކުރެވިދާނެ ކަމެއްނު

    28