އިންޑިއާގެ އެރްނަކުލަމް ސިޓީގެ ސަރުކާރުގެ މެޑިކަލް ކޮލެޖެއްގެ އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި 36 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ނެގަޓިވްވެފައެވެ.

ކަންނޫރްއަށް ނިސްބަތްވާ އެ މީހާގެ ހަށިގަނޑު އާއިލާ ހަވާލު ކުރުމުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ މަރުވުމުން ހަށިގަނޑު އޮތީ ދުނިޔޭގެ ސިއްހަތާއި ބެހޭ އިދާރާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްއާއި އެއްގޮތަށް އެ ކޮލެޖުގައި ބާއްވާފައެވެ.

އޭނާއަކީ މިދިޔަ ބުރާސްފަތި ދުވަހު ރޭ މެލޭޝިއާއިން އެ އިންޑިއާގެ ކޮޗިންއަށް ދިޔަ މީހެކެވެ. އަދި އޭނާ ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މެޑިކަލް ކޮލެޖުގައި ކަރަންޓިންކޮށްފައެވެ. އޭނާ އެ ކޮލެޖުގައި ކަރަންޓީންކޮށްފައި ވަނީ، ކެއްސާތީ އާއި ހާސްވެފައި ހުރުމުންނެވެ. އަދި އޭނާ ވަނީ ފަހުން ވެންޓިލޭޝަން ފެސިލީއަކަށް ލާފައެވެ.

އެތަނުގައި އޭނާ އެޑްމިޓްކޮށް ހެދި ޓެސްޓުތަކުން އޭނާގެ ނިއުމޯނިއާ ހުރިކަން ވަނީ އެނގިފައެވެ.