ތުރުކީވިލާތުން ސީރިއާގެ އަސްކަރީ ދެ މަތިންދާބޯޓު ވައްޓާލައިފިއެވެެ.

ސީރިއާގެ އަސްކަރީ ދެ ބޯޓު ވައްޓާލާފައިވާއިރު، މިއަދު ސީރިއާއިން ވަނީ ތުރުކީގެ ޑްރޯންއެއް ވައްޓާލާފައެވެ.

ތުރުކީއިން ސީރިއާއަށް ނިސްބަތްވާ މި ދެ ބޯޓު ވައްޓާލާފައިވާއިރު، ބޯޓު ދުއްވަން ތިބި ޕައިލެޓުން ވަނީ ބޯޓުން އެވަގުތު ފުއްމާލާފައެވެ. މި ދެމީހުންނަށް އަނިޔާ ނުވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ އެގައުމުން ސީރިއާއަށް ނިސްބަތްވާ SU-24 މަރުކާގެ ދެ ބޯޓު ވައްޓާލާފައިވާކަން ކަށަވަރު ކޮށްދީފައެވެ.ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ދެ ބޯޓު ވައްޓާލާފައިވަނީ ޑްރޯން އަށް ހަމަލާ ދިނުމުން ކަމަށެވެ.

މި ދެ ބޯޓު ވައްޓާލާފައިވަނީ ސީރިއާގެ ސިޓީއެއް ކަމަށްވާ ސަރަގިބްގެ މަތިންނެވެ.

ސީރިއާގެ އިދްލީބަށް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ތުރުކީވިލާތު ސިފައިން ވަނީ އަރާފައެވެ. ނަމަވެސް ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ގެންދަނީ ތުރުކީވިލާތުގެ ސިފައިން ސީރިއާއަށް އެރުމުން އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.

މަސްރަހު އިތުރަށް ގޯސްވީ ހުކުރު ދުވަހު ސީރިއާ ސިފައިން ދިން ހަމަލާއެއްގައި ތުރުކީވިލާތުގެ 30 އަށް ވުރެ ގިނަ ސިފައިން މަރުވުމުންނެވެ. އެހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު ތުރުކީވިލާތުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުދުހުދު

    އަލްހަމްދްﷲ ބޮން އަޅާ ހުރިހާ ބޯޓް ތަކެއް ވައްޓާލަން ވީ. ތުރުކީގެ ޑްރޯން ހަމަލާ ތަކުގައި ބައްޝާރުގެ އެތައް ސިފައިންނަކާ އެތައް ހަތިޔާރެއް ވެސް ހަލާކު ކޮށްފި. އިންޝާﷲ ސީރިޔާގެ މުސްލިމުންގެ ދިފާއުގައި ތުރުކީ ކުރަމުންދާ ހަގުރާމަ އަށް ﷲ ނަސްރު ދެއްވާނެ.

    7
    1
  2. ??????