މަހާތުމާ ގާންދީ އިންޑިއާގައި ގާއިމްކޮށްދެއްވި އުސޫލުތަކާއި ހަމަތަކުގެ މަތީގައި އިންޑިއާ އަކީ ވަރަށް ފަހަކާއި ޖެހެންދެން ކޮންމެ ދީނެއްގެ މީހަކަށް ވެސް ވަރަށް އަމާން ގައުމެކެވެ. ނަމަވެސް ނަރެންދްރަ މޯދީ އިންޑިއާގެ ވެރިކަމަށް އައުމާއި އެކު އެ ތާރީޚް ވަނީ ބަދަލުވާން ފަށާފައެވެ. މިއަދު އިންޑިއާ އަކީ ހާއްސަކޮށް މުސްލިމުންނަށް ވަރަށް ބިރުވެރި ތަނަކަށް ވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފެންނަމުންދާ މަންޒަރަކީ މުސްލިމުން ދިރިތިއްބާ އަންދާ މަންޒަރެވެ. އެއްވެސް ކުށެއް ކުރިކަން ސާބިތުނުވި ނަމަވެސް އަދި އެންމެ ކުޑަމިނުން މީހެއްގެ މައްޗަށް ތުހުމަތެއް ނުކުރެވުނަސް ހަރުކަށި ހިންދޫން ގެންދަނީ ގްރޫޕް ހަދާފައި ގޮސް މުސްލިމުންނަށް ހަމަލާދީ ގަތުލް ކުރަމުންނެވެ. ބައެއް މީހުން މަރައިނުލާ ދޫކޮށްލި ނަމަވެސް އެމީހުންނަށް ވެސް ބޮޑެތި އަނިޔާތައް ދަނީ ދެމުންނެވެ.

ހިންދޫންގެ އަނިޔާވެރި އަމަލުތައް ތަހައްމަލް ކުރި އެކަކު ކަމަށްވާ މުހައްމަދު ޒުބައިރު އިނގިރޭސިވިލާތުގެ "ގާޑިއަން" އަށް ދިން އިންޓަވިއު އެއްގައި ބުނީ "އެމީހުން ފުރަތަމަ އަހަރެންނަށް ހަމަލާދޭން ފެށުމުން އަހަރެން ބުނިން އަހަރެން ކުރީ ކޮންކަމެއްހޭ؟ އަހަރެންގެ ކުށަކީ ކޮބައިހޭ؟ އެމީހުން ތިބީ އަހަރެންގެ ވާހަކަ އަޑުއަހާ ގޮތަކަށް ނޫން. އޭރު އެތަނަށް އެއްވެފައި ތިބި މީހުން ގޮވަމުން ދިޔައީ މުސްލިމް ހަރާންދަރި މަރާލާށޭ."

"އެމީހުން އަހަރެންގެ ގަޔަށް އަރައިގަތް. އަތުގައި ޖެހުނު އެއްޗަކުން އަހަރެންނަށް ހަމަލާ ދެމުން ގެންދިޔަ. އަހަރެން ހަދާނެ އެއްވެސް ގޮތެއް ނެތް. އަހަރެން އޮތީ ލޯ މަރައިގެން ދުޢާ ކުރަން. އަހަރެން ހީކުރީ އަހަރެންގެ ފަހު ވަގުތު އައިސް ޖެހުނީއޭ." މުހައްމަދު ކިޔައިދިނެވެ.

ނަސީބު ރަނގަޅު ކަމުން މުހައްމަދުގެ ފުރާނަ ސަލާމަތްވިއެވެ. ނަމަވެސް މިހާރު އިންޑިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 43 މީހަކު ވަނީ މަރާލާފައެވެ. އެތައް ހާސް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

"މިސްކިތްތަކުގައި ދަނީ ހުޅު ޖަހަމުންނެވެ. މުސްލިމުން އެމީހުންގެ އަމިއްލަ ގޭގައި ތިއްބާ މަގުމައްޗަށް ނެރެ އަންދާލައިފިއެވެ. މުސްލިމުން އަމިއްލަ ގޭގައި ތިއްބާ މަގުމައްޗަށް ނެރެ، އެމީހުންނަށް ދަނީ އެތައް އަނިޔާތަކެއް ކުރަމުންނެވެ. މިހަމަނުޖެހުންތައް ހިންގަމުން ގެންދަނީ ހަރުކަށި ހިންދޫންނެވެ. މުސްލިމުން ކަމަށް ތުހުމަތު ކުރެވޭ މީހުން ހުއްޓުވާ، އެމީހުންގެ އައިޑީކާޑު ދައްކަން ވެސް ހިންދޫން ގެންދަނީ އަންގަމުންނެވެ." ގާޑިއަންގައި ބުނެފައި ވެއެވެ.

"އަހަރެން އައިޑީކާޑު އަތުލުމަށް ފަހު އަހަރެންނަށް މުސްލިމް ނަމެއް ކިޔާތީ އެމީހުން އަހަރެންނަށް އަނިޔާކުރަން ފެށި. އަހަރެން ބަރަހަނާކޮށް އެމީހުންގެ އަތު ޖެހުނު އެއްޗަކުން އަނިޔާކުރި." ހިންދޫންގެ އަނިޔާވެރިކަން ތަހައްމަލް ކުރަން ޖެހުނު މުސްލިމަކު ބުންޏެވެ.

މުސްލިމުންނަށް އަނިޔާ ކުރުމުގެ އިތުރުން ހަރުކަށި ހިންދޫން ގެންދަނީ މުސްލިމުންގެ މުދަލަށާއި، މުސްލިމުން ހިންގާ ފިހާރަތަކަށް ވެސް ގެއްލުންތައް ދެމުންނެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް އިންޑިއާ ސަރުކާރަކަށް ނުފެނެއެވެ. 2014 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީގެ އިސް ލީޑަރުންގެ ގޮތުގައި ތިބީ ހިންދޫންގެ ހަރުކަށި ވިސްނުންތަކަށް ތާއިދު ކުރާ ފަރާތްތަކެވެ. މިހަމެނުޖެހުންތައް ހިންގުމުގެ އަޑީގައި ތިބީ ވެސް އެފަރާތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފިކުރު

    މިއީ ޓެރަރިސްޓް ޢަމަލަަކަށް ނުވޭ. މިވާނީ މަޑުކަށި ފިކުރުކަމަށް.

    47
    2
  2. ދުނިޔެ

    ކޮބައިތަ ކޮމަން ވެލްތް ކޮބައިތަ އީޔޫ ރާއްޖޭގައި ސަރުކާރާ ދެކޮޅު މުޒާހަރާ ތަކުން މީހަކު ހައްޔުރުވެގެން ވެސް ހީވީ އެހެން ކަމެއް ހެން ދަތިކުރުމުގެ ފިޔަވަޅު އަޅާ ހިސާބަށް މިހާރު ލޯ މަރާލައިގެން ކޮބައިތަ އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާމީހުން

    56
    2
  3. ަހަަލް

    ހެވެންނު ނަޝީދު އެއުޅެނީ އެވަރެއް ނެތިގެންނު. ކާފަރުބެ

    64
    1
  4. އަލީ

    ލާދީނީ ދުވާނެ ގެރި މޯދީ ފަހަތުން ....

    64
    2
  5. Anonymous

    އިންޑިޔާ ސަރުކާރުބއަޑީގައި އޮވެގެން ކުރާ ަަަަަަަަަ ކަމެއް. ރައްޔިތުންގެ ޙައްޤެއް މޯޑީއަށް މިޤައުމުން ދިން ޝަރަފް އަނބުރާ އަތުލުން.

    60
    2
  6. ޖޭ

    މިތަނުގެ މަޖުލީހުގެ ރައީސްއަކަށްވެސް ހުރީ ހަރުކަށި ހިންދޫންނާއި ލޮލާލޯ ސީދާކޮށްގެން ހުރި މީހެއް.

    57
    1
  7. ޒާ

    އަދި ވަގުތު ޖެހޭނެ.

    51
    1
    • ފާތުން

      ޢާމީން

      39
      2
  8. ޢޭނާ

    އިންޑިއާގެ ބޮޑުވަޒީރު އަނިޔާވެރި މޯދީ، މާތްﷲގެ އިރާދަފުޅުން ވީ އެންމެއަވަހަކަށް ނެތިކުރައްވާ ގަދަފަދަ އަޒާބުދެންވާނދޭ! ޢާމީން

    80
    1
  9. ސައްޕޭ

    އިންޑިއާ ސަރުކާރުގެ މިއަނިޔާއަށް ތާއީދުކުރާ އެމްޑީޕީއަށް ވޯޓުނުދޭތި، މުސްލިމުންނާއި ދެކޮޅު އަނިޔާވެރިންނަށް ތާއިދުކޮށް ވޯޓުނުދޭތި!

    21
    1
  10. ނަސިދު

    ކޮބައިތަ ނަސީދު ގެ އާމާލް ކޫލިން

    16
    1
  11. ޤައުމީ

    އަޅެ މުސްލިމުންނޭ ކިޔައިގެން މިއުޅޭ މިޤައުމުގެ ގިނަ ރައްޔިތުންނަށް މިކަންކަން ބޮޑުކަމަކަށް ނުވޭތަ. ހެޔޮވާނެތަ އެހާ އަނިޔާ އިންސާނުންނަށް ކުރަން. ސޯޝަލްމީޑިޔާގައި ހުރި ވީޑިއޯތައް ބަލާފައި އިސްލާމްދީނަށް ކިރިޔާވެސް ލޯތްބެއް ހުރިނަމަ ކަރުނަލޮލުން ފައިބާނެ. ހިތަށްތަދުވާނެ އަދި އެފަދަ އަނިޔާއެއް އެއްވެސް މީހަކަށް ލިބުމަކަށް ނޭދޭނެ. މިޤައުމުގެ މުސްލިމުންނޭ! ތިލާދީނީ އަންނިއާއި އެމްޑީޕީ ދޫކޮށްލާ. އަހަރެން ނުބުނަން ވަކިއެހެންޕާޓީއަކާއި ގުޅޭކަށް އެކަމަކު އަންނި އަކީ މިޤައުމަށާއި އިސްލާމްދީނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް. އޭނަގެ ހިތުގައި އިސްލާމްދީނަށް ކިރިޔާވެސް ލޯތްބެއް އޮތްނަމަ އިންޑިޔާއަށް ގޮސް މޯދީއަށް ތަޢުރީފްކޮށް މިދަނޑިވަޅުގައި ވާހަކަ ދައްކަން ކެރުނީސްތަ؟ ޔާﷲ އިސްލާމީ އުންމަތް އަންނި މޯދީ ޓްރަމްޕް އަދި ނަތަންޔާހޫ ފަދަ އެންމެހާ އިސްލާމް ދީނާ އިދިކޮޅު ފަރާތްތަކެއްގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ. އަދި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުން ސަލާމަތް ކުރައްވާންދޭވެ. އާމީން.

    18
  12. އަލީ

    ކެނެރީގޭ ނަޝީދު ކަލެއަށް ފެނޭތަ ދީނީ ހަރުކަށި މީހުން.

    12
  13. ާަާމަ

    މޯދީ ގައިގަ މިގައުމުގެވެރިން ބައްދާ ބޮސްދީ މިހަދަނީ މުސްލިމުންނަށް އަނިޔާކުރަން ހިތްވަރު ދިނުމަށް ކަމަ ބެލެވެނީ!

    13
  14. ޣަނީ

    1000 އަހަރު ވަންދެން މުސްލިމުން ހިންދޫންނާ އެހެން ދީންތަކުގެ މީހުން އިންޑިޔާގަ އެންދީ އެހެންވެ އެމީހުންނަށް ބާރުލިބުމުން އެމީހުންވެސް ބަދަލުހިފާނެތާ

    1
    15
  15. އިސްތަށި ފިކުރު

    މިއަކަށް ހަރުކަށި ފިކުރޭ ނުކިޔޭތަ؟ އަދިވެސް މިތަނަކަށް ގޮސް ލޮލާ ލޯ ދިމާ ނުވޭތޯ އުޅެނީ. އިހަށް ދުވަހު ބުނެފި ވަރަށް ގަޔާވާ ވާހަކަވެސް

  16. ލޮލާބޯ

    ތީ ހަމަ އިންޑިއާ ސަރުކާރުން ކުރާ ކަމެއް. އެމީހުން އޮތީ ބުނެފަ ހުރިހާ މުސްލިމުން ރަށް ވެހިކަން ގެއްލޭތާ ތިންމަސް ފަހުން އެތަނުން ބޭރު ކުރާނެ ވާހަކަ. ތީ ހަމަ އެ ބުއްޑާ މޯދީ ގެރީގެ ކަމެއް

    10
  17. ޓެ

    މީ އެމްޑީ ޕީ އެބުނާ ޑިމޮކޮރަޗީ......