ތުރުކީ އިން ސީރިޔާގެ 2557 ސިފައިން މަރާލާފައިވާ ކަމަށް ތުރުކީގެ ރައީސް ޠައްޔިބު އުރުދޮގާން ހާމަކުރައްވައިފިއެވެ.

ސީރިޔާގައި ހަމަނުޖެހުންތައް ހިނގަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، އެ ގައުމުގެ އެތައް މިލިއަން ބަޔަކު ދަނީ ސީރިޔާ ދޫކޮށް ތުރުކީގެ ރެފިއުޖީ ކޭމްޕުތަކަށް ބަދަލުވަމުންނެވެ. ނަމަވެސް މިހާރު ރެފިއުޖީންގެ އަދަދު 4 މިލިއަނަށް އަރަން އުޅޭއިރު، އުރުދޮގާން ވިދާޅުވެފައި ވަނީ މި މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި ގޮތަކީ ސީރިޔާގެ ރައީސް ބަޝާރުލް އައްސަދު މަގާމުން ދުރުކުރުން ކަމަށެވެ.

މިކަން ކުރުމަށް އައްސަދު ދެކޮޅު ހަދާއިރު ތުރުކީ އިން ވަނީ މީގެ ހަފްތާ އެއްވަރު ކުރިން ސީރިޔާ އާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. މިގޮތުން މިހައިތަނަށް ދިން ހަމަލާތަކުގައި 2557 ސީރިޔާ ސިފައިން މަރުވުމުގެ އިތުރުން އެގައުމުގެ އެތައް ހަތިޔާރުތަކެއްވެސް ތުރުކީ އިން ވަނީ ހަލާކުކޮށްލާފައެވެ.

”މި ފެނުނީ އަދި އެއްޗެއް ނޫން. އަހަރެމެންނާއި ކުޅޭ ބަޔަކަށް ތުރުކީގެ އަސްލު އާރާއި ބާރު ދައްކާނަން. ސީރިޔާ އަސްކަރިއްޔާގެ ސިފައިންތައް މަރުވުމާއި ހަތިޔާރުތައް ހަލާކުކޮށްލުން އެއީ އަދި ފެށުމެއް“ ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ތުރުކީ އިން ސީރިޔާގެ ދެ ބޯޓުބެސް މީގެ ކުރިން ވައްޓާލާފައި ވާއިރު އުރުދޮގާން އިތުރަށް ވިދާޅުވެފައި ވަނީ މިކަން މިކުރަނީ ސީރިޔާ ރައްޔިތުންގެ ހައްގުގައި ކަމަށާއި ސީރިޔާގެ ބިމުން ވަކި ބައެއް ނުވަތަ އެގައުމުގައި ހުރި އެއްވެސް ތެޔޮވަޅެއްވެސް ތުރުކީ އިން ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަދާ

    ވަ ރަށް ރަނގަޅު އު ރުދުގާން ސުންނީ މުސްލިމުން މި ތިބީ ސުންނީން ނާއެކު ތީ އަހަރުމެން ގެ ދެވަނަ ސައްދާމް ..ޝީއީން ބޭނުން ވަނީ ސުންނީން މަ ރަން އެކަން ކު ރަން އުޅެންޏާ ސައްދާމް އީ ރާން ތި ރިކު ރިގޮތައް ސީ ރިއާ ވެސް ތީ ރިކު ރާތި

    26
    10
  2. ހުދުހުދު

    އަލްހަމްދުﷲ ޔާﷲ ބައްޝާރާއި ބައްޝާރު އައުވާނު އިރާން އާއި ރަޝިޔާ ބަލި ކުރައްވާ ސީރިޔާގެ ސުންނީ މުސްލިމުންގެ ދިފާއުގައި ތުރުކީ ކުރަމުންދާ ޖިހާދަށް ނަސްރު ދެއްވާދޭ. އާމީން މުސްލިމް ގައުމުތައް ލަދު ގަންނަން ޖެހޭކަމެއް މީ. އެތަކެއް މުސްލިމުންނަށް އަނިޔާ ވެރި ވަމުންދިޔަ އިރު މުސްލިމް ގައުމުތައް ނިދާފަ ތިބީމަ

    3
    1
  3. އެދުރު

    ވަރަށް ރަނގަޅު ، ޤާތިލު ބައްޝާރު ސައިޒަށް ތިރިކުރަން މާ ލަސްވެސް ވެއްޖެ

    6
    4
  4. ޒާ

    އުރުދުޣާން ސީރިއާ ހަލާކު ކޮށްލަން އުފެއްދި ގޮތްޕެއް އައިސިސްއަކީ. އުރުދުޣާންއަކީ ނުބައި ނުލަފާ ވެރިއެއް.

    3
    9