އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންދޫ ދީނުގެ މީހުން މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާތަކުގައި 14 އަހަރުގެ ކުއްޖެއް ގަޔަށް ބަޑި ޖަހައި، އެ ކުއްޖާ އަށް ފަރުވަ ދޭން އައި އެމްބިއުލޭންސްވެސް އެ ސަރަހައްދާއި ކައިރިވުމަށް އެ ގައުމުގެ ފުލުހުން ހުރަސް އަޅައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. ނަމަވެސް، އެ ކުއްޖާ އަށް ލިބުނު އަނިޔާގައި ފުރާނަ ސަލާމަތްވިކަން އެނގިފައި ވަނީ މިއަދުއެވެ. ދިއްލީގެ އިރުއުތުރުގައި އޮންނަ ޝާހްޑަރާ އަށް ހިންދޫ ދީނުގެ ބޮޑު ބައިގަނޑެއް އަރައި ވަނީ އެތައް މުސްލިމުން ތަކަކަށް އަނިޔާކޮށްފައެވެ.

އޭގެ ތެރޭގައި 14 އަހަރުގެ ފައިޒާންވެސް ހިމެނޭއިރު ހިންދޫ އިން ދިން ބަޑީގެ ހަމަލާ އެއް ވަނީ އޭނާގެ ބުރަކައްޓަށް އަރާފައެވެ. މިއާއިއެކު ވަގުތުން އެ ސަރަހައްދަށް ވަންނަން އެމްބިއުލޭންސެއް އައި ނަމަވެސް، ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.

އެތަނުގައި ހިންދޫ ދީނަށް ނިސްބަތްވާ ފުލުހުންގެ އިސް ވެރިންވެސް ތިބިކަމަށް ރިޕޯޓަރުން ބުނެފައިވާއިރު ފައިޒާން އަށް ފަރުވާ ދޭން އައި އެމްބިއުލޭންސަށް އެ ސަރަހައްދައް ވަދެވިފައި ވަނީ ފައިޒާން ގަޔަށް ބަޑި ޖެހިތާ 6 ގަޑިއިރު ފަހުންނެވެ. ފައިޒާންގެ ފުރާނަ ސަލާމަތްވީ އެވަގުތު އެތަނުގައި ތިބި މުސްލިމުން ފައިޒާން އަށް އަވަސް ފަރުވާ ދެމުން ގެންދިއުމުގެ ސަބަބުންނެވެ.

ފައިޒާންގެ މަންމަ ދުވަސްކޮޅެއް ކުރިން ނިޔާވެފައިވާއިރު އޭނާގެ ބައްޕަ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ދިއްލީ އާއި ދުރު ހިސާބެއްގައެވެ. އެހެންކަމުން މިވަގުތު ފައިޒާން ބަލަމުން ގެންދަނީ އޭނާގެ މާމައެވެ.

އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހާމަކަންބޮޑު ގޮތެއްގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން އައި ނަމަވެސް، މޯދީ އާއި އޭނާގެ ސަރުކާރުގެ އިތުރުން ސަލާމަތީ ބާރުތަކުންވެސް އެކަމަށް ދެމުން އަންނަނީ ބީރު ކަންފަތެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަނަމަނަ

  ޢަދިވެސް މިހާވަރުވާއިރުވެސް މިގައުމުގަތިބި ބޮޑެތިމީހުން އިންޑިމީހުންގެވަށައިމިއެބުރެނީ

  37
 2. ޙަސަނާ

  މިވާހަކަ ނަސީދު ގަބޫލެއްނުކުރާނެ މޮދީ ކަލޭގެދެރަފަށެއްވާނެމިކަމާ...މީގެރުޅިގަޑުވެސްމުސްލިމުންނައްލަންނޭގެބާލާލާނީ..

 3. Anonymous

  ޔާﷲ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް އަމާންކަމާއި ރައްކާތެރިކަން ދެއްވާނދޭވެ. އަދި އެބައިމީހުންނަށް އަނިޔާވެރިވާ ފަރާތްތަކާއި ،ވާގިވެރިވާ ފަރާތްތައް ބަލިކަށިކުރަށްވާ ނިކަމެތި ކުރަ،ްވާނދޭވެ. އާމީން.

  55
  1
 4. ޢަލީ

  އަަޅުގަނޑުމެން ނުވި ސްނާ ތިބެއްޖެނަމަ މިކުޑަކުޑަ ދިވެހިރާއްޖެއަށްވެ ސް މިފަދަ ހާލަތެއް މެދުވެރި ވެދާނެ. ސަބަބަކީ މިޤައުމަށްވެ ސް މޯދީ ކަހަލަ
  އި ސްލާމް ދީނަށް ނަފްރަތުކުރާ ދީނާއި އިދިކޮޅު ޝުޢޫރު ފަތުރާ ފަރާތްތައް ހިމާޔަތްކުރާ (ނަޝީދު)ނަމަކަށް ކިޔާ ޖާހިލަކު މިޤައުމަށްވެ ސް ފާޅުވެފައިވާތީ.
  ވީމާ އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް
  ވި ސްނަން ޖެހިފަ

  14
 5. އިސްމާޢީލް

  ކެނެރީގޭ ނަޝީދަށް މި ޚަބަރުތައް އަޑުއިވޭތަ؟ ކެނެރީގޭ ދެއުޅިއެއްނުވާ ނަޝީދަށް އަޑުއިވޭތަ؟ ޔާﷲ މުސްލިމުންނަށް ގަދަކަން ދެއްވައި ކާފިރުން ބަލިކުރައްވާންދޭވެ!

  17