މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


23:41

އެމެރިކާ އިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އެމެރިކާ އިން ވަނީ 108 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި.

23:32

23:28

ސްވިޒަލޭންޑުން 10 މީހަކު ޕޮޒިޓިވްވެއްޖެ. މިހާރު ޖުމްލައަކީ 57
އިރާޤުން ފަސް މީހަކު ޕޮޒިޓިވްވެއްޖެ. މިހާރު ޖުމްލައަކީ 32
ކެނެޑާއިން ދެމީހަކު ޕޮޒިޓިވްވެއްޖެ. މިހާރު ޖުމްލައަކީ 29

22:49

ލެޓެސްޓައިން އިން ކޮވިޑް-19 ފެނިއްޖެ. ލެޓެސްޓައިން އަކީ ސްވިޒަލޭންޑާއި އިންވެގެން އޮންނަ ކުޑަ ގައުމެއް. އެގައުމުން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބޭ.

22:26

22:01

20:53

20:26

އައިސްލޭންޑުން އިތުރު ދެމީހަކު ޕޮސިޓިވްވެ ޖުމްލަ އަދަދު 11ށް އަރައިފި.

20:25

ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު މީހަކު މަރުވެ، އިތުރު 4 މީހަކު ޕޮސިޓިވް ވެއްޖެ. އެ ގައުމުން 204 މީހަކު ވަނީ މިހައިތަނަށް ޕޮސިޓިވް ވެފަ.

19:40

19:33

ޑެންމާކުން އިތުރު 2 މީހަކު ޕޮސިޓިވްވެ ގައުމުގެ ޖުމްލަ އަދަދު 6ށް އަރައިފި.

19:33

ކްރޮއޭޝިޔާ އިން އިތުރު މީހަކު ޕޮސިޓިވްވެ ގައުމުގެ ޖުމްލަ އަދަދު 9ށް އަރައިފި.

19:32

ސެން މަރީނޯ އިން އިތުރު 2 މީހަކު ޕޮސިޓިވްވެ އެ ގައުމުގެ ޖުމްލަ އަދަދު 10ށް އަރައިފި.

19:31

ސްވިޑެން އިން އިތުރު 3 މީހަކު ޕޮސިޓިވްވެ އެ ގައުމުގެ ޖުމްލަ އަދަދު 24ށް އަރައިފި.

19:30

ސްވިޒަލޭންޑުން އިތުރު ދެމީހުން ޕޮސިޓިވްވެ ޖުމްލަ އަދަދު 47ށް އަރައިފި.

19:29

ސްޕެއިން އިން 29 މީހަކު ޕޮސިޓިވްވެ ޖުމްލަ އަދަދު 153ށް އަރައިފި.

19:29

އިންގްލޭންޑުން އިތުރު 10 މީހުން ޕޮސިޓިވްވެ ޖުމްލަ އަދަދު 51ށް އަރައިފި.

19:28

ހޮންކޮންގުން އިތުރު މީހަކު ޕޮސިޓިވްވެ ޖުމްލަ އަދަދު 101 އަށް އަރައިފި.

19:27

ސިންގަޕޫރުން އިތުރު ދެމީހަކު ޕޮސިޓިވްވެ ޖުމްލަ އަދަދު 110 އަށް އަރައިފި.

19:20

19:19

އޮމާން އިން އިތުރު 6 މީހަކު ޕޮސިޓިވްވެ އެ ގައުމުގެ ޖުމްލަ އަދަދު 12 އަށް އަރައިފި.

19:13

18:13

17:56

17:10

ގަތަރުން އިތުރު މީހަކު ޕޮސިޓިވްވެ އެގައުމުގެ ޖުމްލަ އަދަދު 8ށް އަރައިފި.

17:09

17:06

ބެލްޖިއަމް އިން އިތުރު 5 މީހުން ޕޮސިޓިވްވެ ޖުމްލަ އަދަދު 13 އަށް އަރައިފި.

17:04

ސްވިޑެން އިން އިތުރު 9 މީހަކު ޕޮސިޓިވް ވެ ޖުމްލަ އަދަދު 24ށް އަރައިފި.

17:03

މެލޭޝިޔާ އިން އިތުރު 6 މީހުން ޕޮސިޓިވް ވެ ޖުމްލަ އަދަދު 36ށް އަރައިފި.

16:40

އޮސްޓްރިއާ އިން އިތުރު 3 މީހަކު ޕޮސިޓިވް ވެ، އެ ގައުމުން ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު 21ށް އަރައިފި.

16:37

އިންޑިއާ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ. ޕޮސިޓިވް ވެފައިވަނީ އިޓަލީ އިން އެ ގައުމަށް ދިޔަ ފަތުރުވެރިއެއް. ރާޖަސްތާނުން އެ މީހާ ޕޮސިޓިވް ވެފައިވާކަން ޔަގީންކޮށްފައިވާއިރު އެ ގައުމުގެ ޖުމްލަ އަދަދު ވަނީ 6ށް އަރާފަ.

16:34

ޖަރުމަނުން އިތުރު 23 މީހަކު ޕޮސިޓިވް ވެ، ޖުމްލަ އަދަދު 188 ށް އަރައިފި.

16:25

ޗެކްރިޕަބްލިން އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައި.

16:24

ޕޯޗުގަލް އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައި.

16:24

ޑެންމާކުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައި.

16:23

އޮސްޓްރޭލިއާއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރާފައި.

16:22

އިނގިރޭސިވިލާތުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 41 އަށް ވަނީ އަރާފައި.

16:21

ސްވިޒަލޭންޑުން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 45 އަށް އަރާފައި.

16:20

ސްޕެއިންއިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 124 އަށް އަރާފައި.

16:19

ޖަޕާނުން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 283 އަށް އަރާފައި.

16:03

14:25

13:49

12:37

11:09

09:22

އިކުއެޑޯ އިން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އެގައުމުން ވަނީ ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި.

08:58

ދެކުނު ކޮރެއާ އިން ކޮވިޑް-19 ޖެހިގެން އިތުރު ދެމީހަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން ވަނީ 28 މީހަކު މިބަލީގައި މަރުވެފައި.

އޮސްޓްރޭލިއާ އިން ވެސް އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އޮސްޓްރޭލިއާ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 34 އަށް އަރާފައި.

08:47

07:57

ޕާކިސްތާނުން ފަސްވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ.

00:53

00:48

ދުކުނު ކޮރެއާއިން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެެއްޖެ، އެ ގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު 28 އަށް.

00:29

ފްރާންސްއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއަދު މިހާތަނަށް މި ވައިރަސްއަށް 61 މީހަކު ޕޮޒިޓިވްވިއިރު، އެ ގައުމުން ޖުމްލަ 191 މީހަކު ވަނީ މި ވައިރަސް އަށް ޕޮޒިޓިވްވެފައި.

00:10

ސްވިޑިން އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައި.


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ މެދުއިރުމަތީގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށާއި، ޔޫރަޕްގެ ގިނަ ގައުމުތަކަށް ވެސް ވައިރަސް ފެތުރި، ހައްތަހާ ބިރުވެރިކަން އިތުރުވާން ފަށައިފިއެވެ. މިއަދު އެކަނިވެސް މުޅިން އަލަށް އަށް ގައުމަކުން ވަނީ ކޮވިޑް-19 ފެނިފައެވެ. ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ކޮވިޑް-19 ފެނުނުކަން މިރޭ ކަށަވަރު ކޮށްދީފައެވެ.

އޭގެ އިތުރުން އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ސެނެގާލް އިން ވެސް ވަނީ ކޮވިޑް-19 މިހާރު ފެނިފައެވެ.

މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 އަކީ ކޮންމެ އަހަރަކު ފެންނަ އާއްމު ރޯގާއަކަށް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފައެވެ.

ޗައިނާ އިން މިހާރު ކޮވިޑް-19 ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް އިޓަލީވިލާތް، ދެކުނު ކޮރެއާ، އީރާން އަދި ޖަޕާންގައި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.