ދެކުނު ކޮރެއާއިން އިތުރު 851 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދެކުނު ކޮރެއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެއެވެ. މިހާތާނަށް އެ ގައުމުން 5186 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެގޮތުން މޫން ވަނީ އިތުރު ބަޔަކަށް މި ވައިރަސް ފެތުރިދާނެ ކަމަށް ބަލައި ހޮސްޕިޓަލްތަކުގެ އެނދުތައް އިތުރުކޮށް، އިތުރު ފޭސް މާސްކްތައް ހޯދާނެ ކަން ހާމަކޮށްފައެވެ.

ދެކުނު ކޮރެއާ އިން މިހާރު ގެންދަނީ ބަލި މީހުން އެޑްމިޓް ކުރުމަށް އިތުރު ތަންތަން ތައްޔާރު ކުރަމުންނެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ދެކުނު ކޮރެއާ އިން ވަނީ ފެބްރުއަރީ 23 ވަނަ ދުވަހު "ރެޑް އެލާޓް" ވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު