ޔޫކްރޭން އިން ކޮވިޑް-19ފެނިއްޖެކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެ ގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން އިއްޔެ ވަނީ އެ ގައުމުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން ޓެސްޓުތައް ހަދާފައިވާކަން ހާމަކޮށްފައެވެ. އެއީ ހަތަރު މީހެއްގެއެވެ. އޭގެ ތެރެއިން އެކަކި އެ ގައުމަށް ނިސްބަތްވާ މީހެކެވެ. އަދި އަނެއް ތިން މީހުންނަކީ އެހެން ގައުމުތަކަށް ނިސްބަރތް ބަޔަކު ކަމަށް ވެއެެވެ.

އަދި މީގެ ކުރިން އެ ވައިރަސްއަށް ޝައްކު ކުރެވޭ އަށް މީހެއްގެ ޓެސްޓުތައް ހަދާފައިވާއިރު، އޭގެ ތެރެއިން އެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ވަނީ ހާމަކޮށްފައެެވެ.

މިއަދު ސިއްހަތާއި ބެހޭ މިނިސްޓްރީން ވިދާޅުވީ، ކޮވިޑްް-19 އަށް ޝައްކުވާކަަމަށް އިއްޔެ ހާމަކުރި ހަތަރު މީހުންގެ ތެރެއިން އެކަކު އެ ވަައިރަސްއަށް ޕޮޒިޓިވްފެފައިވާކަމަށެވެ.

އަދި އެއީ ފިރިހެނެއް ކަމަށާއި، އެ މީހާ ކޮންޓެކްޓްވިކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެ މީހާއަކީ ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކަށް ދަތުރުކޮށްފައިވާ މީހެއްކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން އެ މީހާ އިޓަލީއަށް ގޮސް، އެ ގައުމުން ރޯމާނިއަށްވެސް ދަތުރު ކުރިިއިރު، އޭނާ ޔޫކްރޭންއަށް ދަތުރުކޮށްފައި ވަނީ ކާރުގައި ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށީ ޗައިނާގައެވެ. މިހާރު އެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު މަދުވެ، މަރުވާ މީހުންގެ އަދަދު ވެސް ދާދި އެއް ހަމައެއްގައި ހިފެހެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު