އިންޑިއާ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

އެ ގައުމުން މިއަދު ހާމަކުރިގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީއަށް ނިސްބަތްވާ މީހެކެވެ. ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ރަޖަސްތާނުން ކޮވިޑް-19 ޖެހުނު އެ މީހާ ފެނިފައިވާއިރު އެ މީހާއަށް މިހާރު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެެ.

އެގައުމުން މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ހައަކަށް އަރާފައެވެ.

އިންޑިއާއިން އިއްޔެވެސް ކޮވިޑް-19 ޖެހުނު ދެ މީހަކު ފެނިފައި ވެެއެވެ.

އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ، އެ ގައުމުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްފެފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރެއިން އެކަކު ފެނިފައި ވަނީ ވެރިކަން ކުރާ ސިޓީ ދިއްލީންނެވެ. ދެވަނަ މީހާ ފެނިފައި ވަނީ ޓެލެންގަނާ އިންނެވެ.

މިހާތަނަށް މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 85،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 3131 އަށްވުރެ ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު