އިންޑިއާގެ ދިއްލީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުމުގައި ކުށެއް ނެތް 14 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހާ ޒަހަމް ކޮށްލިއިރު، އަނިޔާ އަށް ފަރުވާ ދެމުންދަނިކޮށް އެ ކުއްޖާ ނިޔާވެއްޖެއެވެ.
ފައިޒާން އަކީ އެއްވެސް ގޮތަކަށް އެ ހަމަނުޖެހުގެ ތެރެއަށް ވަދެފައިވާ ކުއްޖެއް ނޫނެވެ. އެހެން ނަމަވެސް ފައިޒާން ދޭތެރެއަކުން ހަމަނުޖެހުން ހިނގާ ސަރަހައްދު ކައިރިއަށް ބަލައިލަން ގޮސްފައިވެއެވެ.
އުމުރުން 14 އަހަރުގެ ފައިޒާން ގަޔަށް ހިންދޫ ދީނުގެ މީހުން ބަޑި ޖެހުމުން އެމްބިއުލޭންސަށް ގުޅި ނަމަވެސް، އެ ސަރަހައްދަށް އެމްބިއުލޭންސް ވަންނަން ފުލުހުން ހުއްދަ ދީފައެއް ނުވެއެވެ. އަދި ބަޑިޖެހިތާ 6 ގަޑިއިރު ފަހުން ހޮސްޕިޓަލަށް ގެންގޮސް ފައިޒާން އަށް އެންމެ އެދެވޭ ފަރުވާއެއް ލިބިފައި ނުވާކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.
ފައިޒާންގެ މަންމަ މީގެ ދުވަސްކޮޅެއް ކުރިން ނިޔާވެފައިވާއިރު އޭނާގެ ބައްޕަ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ދިއްލީ އާއި ދުރު ހިސާބެއްގައެވެ. އެހެންކަމުން ފައިޒާން ބަލަމުން އައީ އޭނާގެ މާމައެވެ.
ގިނަ މުސްލިމުންގެ ރަށްވެހިކަން ގެއްލޭ ގޮތައް އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނާއި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންޑިއާ ގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. މުޒާހަރަތަކުގައި ފުލުހުން އެތައް ބަޔަކަށް އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ. އެގޮތުން އެންމެ ގިނައިން ފުލުހުން އަނިޔާ ކުރަމުން އަންނަނީ ކުށެއް ނެތް މުސްލިމުންނަށެވެ. މި އަނިޔާގައި މިހާރު ވަނީ ގިނަ އަދަދެއްގެ މުސްލިމުން މަރުވެފައެވެ.
ގުއި އިންޑިއާ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ