ގިނަ މުސްލިމުންގެ ރަށްވެހިކަން ގެއްލޭ ގޮތައް އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނާއި ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުމުގައި މިހާތަނަށް 250 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު 46 މީހަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މުސްލިމުން މެރުމުގެ އިތުރުންވެސް މި ހަމަނުޖެހުމުގައި ހަރަކާތްތެރިވާ މީހުން ވަނީ އެ ސިޓީގެ 4 މިސްކިތެއްގައި ހުޅުޖަހައި އަންދާލާފައެވެ.

މަހާތުމާ ގާންދީ އިންޑިއާގައި ގާއިމްކޮށްދެއްވި އުސޫލުތަކާއި ހަމަތަކުގެ މަތީގައި އިންޑިއާ އަކީ ވަރަށް ފަހަކާއި ޖެހެންދެން ކޮންމެ ދީނެއްގެ މީހަކަށް ވެސް ވަރަށް އަމާން ކަމާއި އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ ގައުމެކެވެ. މި ތާރީހު ބަދަލުވެގެން ގޮސްފައިވަނީ މިހާރު އިންޑިއާގެ ރައީސް ކަމާއި ހަވާލުވެވަޑައިގެން ހުންނެވި އެގައުމުގެ ރައީސް ނަރެންދްރަ މޯދީ ވެރިކަމާއި ހަވާލުވި ފަހުންނެވެ. މިހާރު އިންޑިއާ ވެގެން ގޮސްފައިވަނީ މުސްލިމުންނަށް ބިރުވެރި ނާމާން ތަނެއްގެ ގޮތުގައެވެ.

އިންޑިއާގައި މީހުން ދިރިއުޅޭ ގެއެއް އަނދާ މަންޒަރު ބަލަން ފުލުހަކު

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފާސްކޮށްފައިވާ މި ބިލުގެ ސަބަބުން އިންޑިއާގެ އެކި އަވަށްތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުން އަންނަނީ އެކި ކަހަލަ ގޮންޖެހުން ތަކާއި ކުރިމަތި ލަމުންނެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އެގައުމުގެ ވެރިން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ 2014 ވަނަ އަހަރުން ފެށިގެން އެގައުމުގައި ވެރިކަން ކުރަމުން އަންނަ ނަރެންދަރަ މޯދީ ވެސް ބޭނުވަނީ މުސްލިމުންގެ އަގީދާ ބަލިކަށި ކޮށްލުމަށެވެ. އެހެން ކަމުން މޯދީގެ ޕާޓީއަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުންވެސް އަންނަނީ މުސްލިމުންނަށް ނަފްރަތު އުފައްދަމުންނެވެ.

މިއަދު އެގައުމުގެ ވެރިކަންކުރާ ސިޓީ ކަމަށްވާ ނިއުދިއްލީގައި ފެނިގެންދަނީ މުސްލިމުން ދިރިތިއްބާ އަންދާ މަންޒަރެވެ. އެއީ ކުށެއް ނުކުރިއަށް އަދި ކުށެއް ކުރިކަން ސާބިތު ނުވިކަމުގައިވިއަސް ހަރުކަށި ހިންދޫން ދަނީ ގްރޫޕް ހަދާއި އަތުޖެހުނު އެއްޗެއް ބޭނުން ކޮށްގެން މުސްލިމުންނަށް އަނިޔާ ކުރަމުންނެވެ. ބައެއް މީހުން މަރާނުލައި ދޫކޮށްލިއަސް، ދޫކޮށްލަނީ ތަނެއް ބިންދާލާފައެވެ.

އިންޑިއާގެ ހިންދުއިން ނުކުމެ މިސްކިތެއްގެ އިމާމަކަށް އަނިޔާކުރަނީ

ދިއްލީގައި ހިނގަމުން އަންނަ މި ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ މުސްލިމުން ލެއިން ތައްތެޅިފައި ބިންމަތީގައި ތިބޭ މަންޒަރު ފެންނަ ވީޑީއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑީއޯ އިން ފެންނަ އެންމެ ދެރަ މަންޒަރަކީ އެގައުމުގެ ފުލުހުން އެ މީހުންނަށް ބަލަހައްޓައިގެން ހިންދޫ މީހުން، މުސްލިމުންނަށް އަނިޔާ ކުރާ މަންޒަރު ބަލަހައްޓައިގެން ތިބޭ މަންޒަރެވެ. މިއީ އެމީހުންނަށް ކޮނޑުމަތީގައި ފަތެއް ޖެހުމަށް ހަމައެކަނި ލިބޭ ފުރުސަތު ކަމަށް ބައެއް ފަރާތްތަކުން ޤަބޫލު ކުރެއެވެ.

މީސް މީޑިއާގައި އެންމެ ގިނަ މީހުންގެ ސަމާލުކަމަށް އައިސްފައިވަނީ މުސްލިމް ފިރިހެނަކު މަރާއި ހަނގުރާމަ ކުރަމުން ދިޔަ ދަނޑިވަޅެއްގައި އެގައުމުގެ މަތީ ފަންތީގެ ސިފައިންގެ ވެރިއަކު އޭނާއަށް މަޖުބޫރު ކުރުވައި ގައުމީ ސަލާމް ކިޔުއްވަން އުޅުނު ވީޑިއޯއެވެ. އޭނާއަކަށް އެއްވެސް އިތުރުގޮތެއް ނެތެވެ. ގައުމީ ސަލާމް ކިޔުމުން އަނިޔާ ކުރުން ހުއްޓާނެ ކަމަށް އޭނާ ވަނީ ގައުމީ ސަލާމް ކިޔާފައެވެ. ކައިރިން އެއީ ތެރިކަމުގެ އަތެއް ދިއްކޮށްލަން ދާ މީހާވެސް ވާން ޖެހެނީ ބިންމަތީގައެވެ.

ފަޅުވެފައިވަނީ ދިއްލީގެ ޝިވް ވިހާރު އަވަށް

ހަރުކަށި ހިންދޫ މީހުން މުސްލިމުންނަށް ކުރަމުން އަނިޔާ ކުރަމުން އަންނައިރު، މުސްލިމް މީހުން މަރުވިކަމުގައިވިއަސް އެމީހުން އެކަމެއް ނުހުއްޓުވައެވެ. އެކަމުގެ ހެއްކަކަށް މިޙާރު ފެނިގެންދަނީ އެ ހިސާބުގެ މުސްލިމުން ދިރިއުޅެމުން އައި ޝިވް ވިހާރު އަަވަށެވެ. އެ އަވަށުގައި މީހުން ދިރިއުޅެމުން އައި ގޭގޭގެ އިތުރުން މީހުންގެ އަގުބޮޑު މުދާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. މިހާރު އެއީ ފަޅު އަވަށެކެވެ، ހަމަލާ ދެމުން އަންނަ ހިންދޫންނަކީ މީގެ ކުރިން ހަމަ މިއަވަށުގައި މުސްލިމުންނާއި އެކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތި އެތަކެއް ޒަމާން ވަންދެން އުޅުނު މީހުންނެވެ. އެހެން ކަމުން މިހާރު މުސްލިމުންނަށް އަނިޔާކޮށް މަރަމުން އަންނަނީ އެގައުމުގެ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެގެން ހިންގާ ޖަރީމާތަކުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުތު

    ތިޔައަނިޔާ ކުރާފަރާތަ ނުބާބައްޔެ ޖައްސުވާ އެއީއެހެން މީހުންނަ އިބުރަރެއް ކަމުގަލައްވާފަދޭއެވެ.

    14
  2. ޙަސަން

    އޭ ދިވެހިންގެ ވެރިންނޭވެ. ނިކަން ހޭއަރާތިބޭށެވެ. ޤިޔާމަތްދިވަހު ވެރިންގެ މަސްއޫލިއްޔަތާމެދު ސުވާލުކުރައްވާނެއެވެ.

    12