ކޮވިޑް-19 ޖެހިގެން ސްޕެއިނުން މީހަކު މަރުވެއްޖެ އެވެ. މީ އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި ފުރަތަމަ މިހާއެވެ.

ކޮވިޑްް-19 ޖެހިގެން މިއަދު މިހާތަަނަށް 82 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަދު 2511 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.

ސްޕެއިންގެ ސަރުކާރުން މައުލޫމާތުދޭގޮތުގައި، އެގައުމުން މަރުވި މީހާ މަރުވިއިރު، ކޮވިޑް-19 ޖެހިފައިވާ ކަމެއް ނޭނގެއެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް އޭނާގެ ޓެސްޓުތަކުގެ ނަތީޖާތަކުން، އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން މިއަދު ވަނީ އެނގިގައެވެ.

"ސްޕޭންގެ ވެލެންސިއާ އަށް ނިސްބަތްވާ ފިރިހެނަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައި. އޭނާ މަރުވީ ކޮވިޑް-19 ޖެހިގެންކަން ކަށަވަރު ކުރެވުނީ އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން. މިއީ ސްޕޭނުން ކޮވިޑް-19 ޖެހިގެން މަރުވި ފުރަތަމަ މިހާރަ." ވެލެންސިއާގެ ހެލްތު ޗީފް އަނާ ބާސެލޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ސްޕޭންގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވިކަން ކަށަވަރުވިތާ އިރުކޮޅެއް ފަހުން އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދާއިރު ސަޕޯޓުން ދަނޑަށް ނުވައްދާ މުބާރާތްތައް ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

ސްޕޭންގައި މިހާތަނަށް 150 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 100 އަށް ވުރެ ގިނަ ސިއްހީ އެހީތެރިން ވަނީ އެމީހުންގެ ގޭގައި އައިސޮލޭޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު