އިޓަލީވިލާތުން އިންޑިއާއަށް ދިޔަ އިޓަލީވިލާތުގެ 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އިންޑިއާ އިން ބުނީ 15 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ 14 މީހަކާއި އިންޑިއާ މީހެކެވެ.

އިންޑިއާ ސަރުކާރުން ބުނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ވެސް މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

މިހާތަނަށް އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނިފައި ވަނީ އެގައުމުގެ ކޮން ސިޓީއަކުން ކަމެއް އަދި އިންޑިއާގެ މީޑިއާތަކުގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުން ކަރަންޓީން ކޮށްފައި ވަނީ އިންޑިއޯ ޓިބެޓް ޕޮލިސް ފޯސް އިން ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއެވެ. އެހެންކަމުން އެމީހުން ކަރަންޓީން ކޮށްފައި ވަނީ ބެލެވޭ ގޮތުގައި އިންޑިއާ އާއި ޓިބެޓް ގުޅޭ ސަރަހައްދީ އިން ކައިރިންނެވެ.

އިންޑިއާގެ އެންސީއާރް އިން ބުނީ އިއްޔެ ކޮވިޑް އަށް ޕްޒިޓިވްވި މީހުންނާއި ބައްދަލުވެފައިވާ 40 މީހަކު ނިއުދިއްލީގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި 13 މީހަކު އުއްތަރަ ޕްރަދޭޝްގައި ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ އެންސީއާރް އިން ބުނެއެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މޯދީ ވިދާޅުވީ ކޮވިޑް-19 އަށް އިންޑިއާ ތައްޔާރުވެފައިވާ ކަމަށެވެ. މޯދީ ވަނީ ކޮވިޑް-19 ފެތުރެމުން ދާތީ ހޯލީ މިލާންގައި ބައިވެރި ނުވާން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޤް

  މޯދީގެ މޯހިރުން އުޅޭބަޔަކު އިޓަޅީން މީހުންއައުން ނުހުއްޓުވާނެ!

 2. ވޯޓްވަގު

  ބަލާބަލަ ނިއުސް18 ބެންގަލޫރުން ހައިދަރުއާބާދަށް ދިޔަ މީހަކު ގައިންވެސް ވައިރަސް ފެނިގެން އެބަ އުޅޭ،
  Virus-hit Telangana Techie has Bengaluru Link, Says Panicked K'taka Minister, Calls for Emergency Meet

  2
  2
 3. ޙިމްމމމމަ

  އެހެންވެ އޭ މަބުނީ. ޗައިނާ، ކޮރެއާ ، ޖަަޕާން. ޢިރާން އައް ވުރެ ދިވެހިންންއް ނުރައްކާ ބޮޑީ އިޓަލީ އޭ.

  4
  1
 4. ބެއްޔާ

  އިރާނުގަ ކޮރޯނާ ވައިރަސް ފެތުރުމާއެކު ވަގުތުން އިރާނު ރައްޔިތުން ރާއްޖެ އައުން މަނާ ކުރެވިއްޖެ. ޢެކަމަކު އިޓަލީން ވީމަ އޯކޭ.. މިއީ ވަރަށް ދެރަވަރު ކަންކަން.. މިވަގުތު ގައުމަށް މުހިންމު ވާނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން. ޢިޓަލީން ފަތުރުވެރިން ގެނައުން މިވަގުތައް ހުއްޓާލުމަށް ގޮވާލަން..

  16
  1