ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 15 މީހަކު މަރުވެ، އިތުރު 586 މީހަކު ވައިރަހަށް ޕޮޮޒިޓިވްވެފައިވާކަަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

މި ވައިރަސް ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 92 އަށް އަރާފައެވެ. އަދި އެ ގައުމުން 2922 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ.

މިއާއެކު ޗައިނާ އާއި ދެކުނު ކޮރެއާ އަށްފަހު އެންމެ ގިނައިން ބަޔަކު މި ވައިރަސްއަށް ޕޮޒިޓިވްވި ގައުމަކަށް އީރާނު ވަނީ ވެފައެވެ.

އަދި ޗައިނާއަށްފަހު އެންމެ ގިނަ ބަޔަކު މަރުވި ގައުމަކީ އީރާނެވެ.

އެހެން ނަމަވެސް މިރޭ އިޓަލީން މައުލޫމާތު އާއްމު ކުރުމުން ބަދަލު އަތުވެދާނެ އެވެ.

އިޓަލީން ކޮންމެ ރެއަކުވެސް މައުލޫމާތު އާއްމު ކުރަނީ ރާއްޖެ ގަޑިން 22:00 ގައެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން މިއަދު މިހާތަނަށް މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 55 އަށް ވަނީ އަރާފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1268 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު