ބޮސްނިއާ އެންޑް ހޭޒެގޮވީނާ އިން ކޮވިޑް-19 ފެނިއްޖެއެވެ.

ބޮސްނިއާ އިން ކޮވިޑް-19 ފެނިފައި ވަނީ ދެ މީހެއްގެ ގައިންނެވެ.

އެ ގައުމުގެ ސަރުކާރުން، މި ވައިރަސް ފެނިފައި ވަނީ ދާދި ފަހުން އިޓަލީއަށް ދިޔަ މެދު އުމުރެއްގެ މީހެއްގެ ގައިންނާއި، އޭނާގެ ދަރިފުޅުގެ ގައިން ކަމަށެވެ.

އެ ގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓަަރު އެލެން ސެރަނިކް ވިދާޅުވީ، އެ މީހާއަކީ މިދިޔަ މަސް ތެރޭގައި އިޓަލީން އައި މީހެއް ކަމަށާއި، އެ މީހާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ މި ހަފްތާގެ ކުރީކޮޅު ކަމަށެވެ.

އަދި އޭނާގެ ހާލު ސްޓޭބަލްއިރު، އޭނާ ހޮސްޕިޓަލެއްގައި އެކަހެރިކޮށް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭނާގެ އަނބިމީހާ ކޮވިޑް-19 އަށް ވަނީ ނެގަޓިވްވެފައި. ނަމަވެސް އެ މީހުންގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ވަނީ ރޭ" އެލެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުއްޖާ އާ ކޮންޓެކްޓްވި ކަމަށް ބެލެވޭ ސްކޫލް ކުދިންގެ ޓެސްޓުތަކާއި، އެ ކުއްޖާގެ އާއިލާ އެހެން މެންބަރުންގެ ޓެސްޓުތައް ހަދާނެ ކަމަށެވެ. އަދި އެ ސްކޫލް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު