ފަލަސްތީނުން ކޮވިޑް-19 ފެނިފައިވާކަން އެ ގައުމުން ހާމަކޮށްފިއެވެ.

އެގައުމުން ވަނީ ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ އެ ގައުމަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެކެވެ.

އެ ގައުމުގެ ނޫހެއްކަަމަށްވާ ވައިނެޓް އިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ މީހުންނަކީ ބެތްލެހެމް އަށް ޒިޔާރަތް ކުރި ބައެއް ކަމަށާއި، އެ މީހުން ތިބި ހޮޓަލްގައި ތިބި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ އިތުރުން މެދު އިރުމަތީގައި ގިނަ ގައުމުތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އަދި ބައެއް ގައުމުތަކުން މި ވައިސް ޖެހިގެން ގިނަބަޔަކު ދަނީ މަރުވަމުންނެވެ.