މުސްލިމުންގެ އެންމެ މުގައްދިސް ބިން ކަމުގައިވާ މައްކާގެ ކައުބަތުﷲ ގެފުޅަށް އާއްމުންނަށް ނުވަދެވޭނެހެން ބަންދު ކޮށްފައި ބެހެއްޓުމަށް ފަހު އަލުން ހުޅުވައިފިއެވެ.

"ޚަލީޖް ޓައިމްސް" ނޫހަުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަރަމްފުޅު ވަގުތީގޮތުން ބަންދުކޮށްފައި ވަނީ، މިހާރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުައްކާތެރި "ކޮވިޑް-19" އާއި ގުޅިގެން ހަރަމްފުޅު ދޮވެ ސާފުކުރުމަށްޓަކައެވެ.

އަދި މިހާރު އެތަން ވަނީ ސާފުކޮށް ނިންމާފައިވާ ކަމަށާއި، ކުރިއެކޭ އެއްފަދައިން ގެފުޅު މިހާރު ވަނީ އާންމުންނަށް ވަދެވޭނެހެން ހުޅުވާލައިފައި ކަމަށް ވެއެވެ. އަލް އަކްބާރިއާގެ ސްޓޭޓް ޓީވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގެފުޅު ހުޅުވާފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ ކޮރޯނާ ވައިރަސްގެ ފަސް ކޭސް ރިޕޯޓުކޮށްފައެވެ.

ހަރަމްފުޅު ހުންނަ ސަރަހައްދު މުޅިން ބަންދުކޮށްފައި ވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ސައުދީ އަސްކަރިއްޔާގެ އެހީތެރިކަމާއި އެކުގައެވެ. އެސަރަހައްދު ބަންދުކޮށްފައި ހުރި ވަގުތުތަކުގައި އެތަނުގައި ސިފައިން ވަނީ ފޯރިމަރާފައެވެ.

ކޮވިޑް-19 ހަލުވިކަމާއި އެކު އެންމެ އަވަހަށް ފެތުރެމުންދާ ގައުމުތަކުގެ ފަތުރުވެރިންވެސް ސައުދީ އަށް އެތެރެވުމުގެ މިހާރު ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު މުދުހިޝް Mudhish

    އެއްވެސް އިރެއްގއި ގެފުޅަކަށް އާންމުކޮށް ނުވަދެވޭނެ.