ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 15 މަރުވެ، 591 މީހުން ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

އީރާންގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ފާއިތުވެގެން ދިޔަ 24 ގަޑިއިރު ތެރޭ މަރުވި 15 މީހުންނާއި އެކީ އެގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 107 އަށް އަރާ ކަމަށެވެ.

އީރާނުުުން 3،513 މީހަކަށް ބަލިޖެހިފައިވާއިރު 552 މީހަކަށް ވަނީ ފަރުވާ ދީ ރަނގަޅު ވެފައެވެ.

އިންސާނާގެ ނޭވާލާ ނިޒާމު އެއްކޮށް ދަތްކޮށްލާ މި ވައިރަސް ޖެހިފައިވާ ގައުމުތަކުން މިހާރު 3،000 އަށް ވުރެ ގިނަ މީޙުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ.

އިރާންގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެގައުމުގެ ސަރުކާރުން ވަނީ ސްކޫލްތަކުގެ އިތުރުން ކޮލެޖްތައް މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު