ޣައްޒާގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

ރޯވެ ދަނދަމުން ދަނީ ޣައްޒާގެ މެދު ތެރޭ ހިސާބުގެ، އަނޫސައިރާތުގެ ރެފިއުޖީ ކޭމްޕުގައެވެ.

ޣައްޒާގައި ހުންނަ "ވަގުތު"ގެ ނޫސްވެރިޔާ ވަފާ އަލް އުދާނީ ބުނީ، ރޯވެ އަނދަމުންދާ ސަރަހައްދުން 51 މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން 15 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި އޭގެ ތެރެއިން 10 މީހަކު ޝަހީދުވެފައި ވާ ކަމަށް ވަފާ ވަނީ ބުނެފައެވެ.

ވަފާ ބުނީ، ޝަހީދުވި މީހުންގެ ތެރޭގައި ހަތަރު މީހުންނަނީ އަންހެނުން ކަމަށެވެ.

ޣައްޒާގައި ރޯވަމުންދާ ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ

އޭނާ ބުނެފައިވާގޮތުގައި، ރޯވެ އަނދަމުންދާ ސަރަހައްދުގެ 15 ފިހާރައެއް ވަނީ އަނދާ ހުލިވެފައެވެ.

ޣައްޒާގައި ރޯވަމުންދާ ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ

އަދި އެ ސަރަހައްދުގައި ތިބި މީހުން ހުސް ކުރުމުގެ މަސައްކަތް ސިވިލް ސާވެންޓް ސްޓާފުން ކުރަމުން އަންނަ ކަަމަށް ވަފާ ބުންޏެވެ.

ޣައްޒާގައި ރޯވަމުންދާ ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ

ޣައްޒާގެ މި ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.