ކޮވިޑް-19 އޖެހިގެން އީރާންގެ ފޮރިން މިނިސްޓަރ މުޙައްމަދު ޖަވާދު ޒާރިފްްގެެ އެޑްވައިޒަރު ހުސައިން ޝެއިޚުލްއިސްލާމް އަވަހާރަވެއްޖެ އެވެ.

މިއީ މި ވައިރަސް ޖެހިގެން އެ ގައުމުން އަވަހާރަވި ސަރުކާރުގެ ތިން ވަނަ އޮފިޝަލެވެ.

ޝެއިހުލްއިސްލާމް އަކީ އީރާންގެ އިސް މަގާމުތައް ފުރުއްވާފައިވާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ މީގެ ކުރިން އީރާނުން ސީރިއާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ އިސް މަގާމެއް ވެސް ފުރުއްވާފައި ވެއެވެ.

އީރާން ސަރުކާރުން ބުނާ ގޮތުގައި އެގައުމުން ވައިރަސް ޖެހިގެން މަރުވެފައި ވަނީ 107 މީހުންނެވެ.

ނަމަވެސް އީރާންގެ ސަރުކާރާއި ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19 ގެ މައުލޫމަތު ސަރުކާރުން ދަނީ އޮޅުވާލަމުންނެވެ. ސަރުކާރާއި ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެގައުމުން 1500 ވަރަކަށް މީހުން މަރުވެއްޖެއެވެ.

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވާ ގޮތުގައި އެގައުމުގައި ކޮވިޑް-19 އޮތީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ޚާމަނާއީ އިއްޔެ ވިދާޅުވިއެވެ.

އީރާންގެ ހުރިހާ ޕްރޮވިންސަކަށް މިހާރު ވަނީ ވައިރަސް ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަލި ރަސްގެފާނު

  އީރާންގަ އެކަނި މަތޯފެންވަރުގެ މީހުން މިކަމުން މަރުވަނީ، އިޒްރައެލްގެ ބައޮލޮޖިކަލް ވެޕަންއެއް ނޫންބާ ކޮވިޑް19 އަކީ؟

 2. ހަސަން

  ތީ ގެ ނުބައެއް އެބައުޅޭ.. އީރާން ގައި ތީފެތުރުމުގައި ބައެއްގެ އަތެއް އޮވެ ދާނެ.. ދެރަވޭ އީރާން ގައި ތީ ފެތުރުނީމަ އިސްލާމުންގެ ހޮނުގުގުރި ގައުމު ﷲ ފިޔަވައި އެއްވެސް ބަޔަކަށް ބިރެއް ގަންނަ ބައެއް ނޫން..

  3
  2
 3. އަހުސަން

  ހިތާމަކުރަން.. ދުޢާ އަކީ އަވަސް ޝިފާ..އިންޑިއާއިން މުސްލިމުން ނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާ ވަގުތުން ވަގުތަށް ހުއްޓާލުމަށް އީރާނުން މިއަ ދުވަނީ ގޮވާލާފަ..އީރާން އަކީ ފަލަސްތީނުގެ ޝާހީ ދުންނަށް ފައިސާއާއި ތަމްރީނު އާ ދި ހަތިޔާރު ފޯރުކޮއް ދޭ ހަމައެކަނި ގަޢުމު.

  5
  1