އިޓަލީން މިހާތަނަށް ދުނިޔޭގެ 26 ޤައުމަކަށް ކޮވިޑް-19 ފެތުރިފައިވާ ކަމަށް ސީއެންއެން އިން ބުނެފިއެވެ.

ސީއެންއެންގައި ބުނެފައިވާ ގޮތުން އިޓަލީން މި ވައިރަސް ފެތުރުނުގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އެމެރިކާގެ ހަތް ސަރަޙައްދަކާއި، ޔޫރަޕް އިން ގިބްރަލްޓަރ، ޔޫކްރޭން، ޖޯޖިއާ، ރަޝިޔާ، ގްރީސް، އިނގިރޭސިވިލާތް، ޑެންމާކް، އުތުރު މެސެޑޯނިއާ، ސުވިޒަލޭންޑް، ނެދަލޭންޑްސް، ކްރޮއޭޝިއާ، ބެލްޖިއަމް، ޕޯޗުގަލް، އައިސްލޭންޑް، އަޔަލޭންޑް، އިތުރުން އަޔަލޭންޑް އެވެ.

ސީއެންއެން އިން ބުނެފައިވާ ގޮތުގައި އިޓަލީން ކޮވިޑް-19 ފެތުރުނު އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ތައިލޭންޑް، ނިއުޒިލޭންޑް އަދި އިންޑިއާ އެވެ. އަދި މެދުއިރުމަތީގެ ޤައުމަކަށް އިޓަލީން މި ވައިރަސް ފެތުރިފައިވަނީ އިސްރާއީލަށް ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ލެޓިން އެމެރިކާ އާއި ކެރީބިއަން އިން، އާޖެންޓީނާ، ބްރެޒިލް، ޑޮމެނިކަން ރިޕަބްލިކް އަދި މެކްސިކޯއަށް ވެސް މި ވައިރަސް ފެތުރިފައިވަނީ އިޓަލީން ކަމަށް ސީއެންއެންގައި ބުނެފައި ވެއެވެ.

ސީއެންއެން އިން ބުނީ، މި ޤައުމުތަކަށް އެތެރެވި އިޓަލީ ރައްޔިތުން ނުވަތަ އިޓަލީއަށް ދަތުރުކޮށްފައިވާ އެޤައުމެއްގެ ރައްޔިތުން، ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ޤައުމުތަކުގައި މިހާރު މި ވައިރަސް ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. މި ސަބަބަށްޓަކައި މިއިން ބައެއް ޤައުމުތަކުން ވަނީ އެޤައުމުތަކަށް އިޓަލީ ރައްޔިތުން އެތެރެވުންވެސް މަނާކޮށްފައެވެ.

އަދި އިންޑިއާ އިން ވަނީ، ކޮވިޑް-19 އަށް ނެގެޓިވް ކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުމެއް ނުވަތަ ސެޓްފިކެޓެއް ނުދައްކަނީސް، އިޓަލީ އަށް ނިސްބަތްވާ މީހުން އިންޑިއާއަށް އެތެރެ ނުކުރުމަށްވެސް ނިންމާފައެވެ.

އިޓަލީން ދުނިޔޭގެ އެތައް ޤައުމަކަށް ކޮވިޑް-19 ފެތުރިފައި ވުމާއިއެކު، ރާއްޖެއަކީ ގިނަ އަދަދެއްގެ އިޓަލީ ފަތުރުވެރިން އަންނަ ޤައުމެއް ނަމަވެސް، ސަރުކާރުން އިޓަލީ ރައްޔިތުން ރާއްޖެއަށް ވައްދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަކިނބޫ

    ތިކަން ކޮންމެހެންވެސް ކުރަންޏާ ރައްޔިތުން ނިކުންނަން ޖެހޭނީ މަގުތަކަށް

    6
    1
  2. މިނަ

    ފައިސާގެ ދަހިވެތިކަން ބޮޑު ސަރުކާރެއް. ޢެހެންވީމާ އިޓަލީ ފަތުރުވެރިން މަނައެއް ނުކުރާނެ

    10
    1
  3. ފަރަަަަހަ

    ަޮަ

    ެޮޮޮޮޮޮޮކޮނކަހަލައަ

    2
    1
  4. މާޔޫސް

    ވަގުތުނޫސް މިކަން ސަމާލްކަމަށް ގެނެތާ އެތަށް ދުވަހެއްވެއްޖެ.... ސަރުކާރުން ބޮޑާ ކަންމަތީ...ހަމަ ހިރުވާވެސް ނުލާ

    4
    1