ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ފުރަތަމަ ފަހަރަށް ސްލޮވޭކިއާ އިން ފެނިއްޖެއެވެ.

އެޤައުމުން ކޮވިޑް-19 ފެނުމާއެކު މިހާރު ދުނިޔެއިން މި ވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު ވަނީ 94 އަށް އަރާފައެވެ.

ސްލްވޭކިއާ އިން މި ވައިރަސް ފެނިފައި މިވަނީ، ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަސް ފެތުރެމުން ދާތީ، ސަލާމަތީ ކަންކަން އިތުރުކޮށްފައި ވަނިކޮށެވެ. އެޤައުމުން ކޮވިޑް-19 ފެނިފައިވާކަން އެޤައުމުގެ އިދާރާތަކުން ކަށަވަރުކޮށް ދިން ނަމަވެސް، ވައިރަސް އަށް ޕޮޒިޓިވްވި މީހާ އާއި ބެހޭ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100،200 އަށްވުރެ އިތުރު ވެފައިވާއިރު، 4000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

މި ވައިރަސްގެ ނުރައްކާ މިވަގުތު އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އާއި ދެކުނު ކޮރެއާ އާއި އީރާންގެ އިތުރުން އިޓަލީއެވެ.

ކިޔުންތެރިންގެ ހިޔާލު