އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުންތައް މޮނިޓަރކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މޮރިޝަސް ކައިރިން، "ސައުތްވެސްޓް އިންޑިއަން ރިޖް" އަށް ކަމަށެވެ. މިއީ އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑާއި ގުޅޭ ސަރަޙައްދެކެވެ.

ބިންހެލުން އައިސްފައި ވަނީ މި ސަރަޙައްދުގެ ކަނޑުގެ ދިހަ ކިލޯ މީޓަރު އަޑިންނެވެ.

ބިންހެލުން މޮނިޓަރކުރާ އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައެވެ. ނަމަވެސް މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް އަދި ނެރެފައެއް ނުވެއެވެ.

މި ބިންހެލުން އައިސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ބިންހެލުން އައިސްފައި ވަނީ މާލެ އާއި ގާތްގަނޑަކަށް 3900 ކިލޯމީޓަރު ދުރުންނެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކީރިތި ގުރްއާނަށް ނިކަމެތި ކޮން ހެދީމަ އައި އިންޒާރަކަށްވެސް ވެދާނެ އެއްވެސް މީހަކަށް ﷲ ގެ ނޫރުފުޅު ނިވައެއްނުލެވޭނެ

    31
    1
  2. ހުރިހާވެސްބާރަކީﷲ

    ގެރިމޯދީގެ ޖާކިލުކަމުން

    11