ފޭސްބުކްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ލަންޑަންގައި ހުންނަ ފޭސްބުކްގެ ތިން އޮފީސް ބަންދުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ފޭސްބުކް މުވައްޒަފަކީ ސިންގަޕޫރް ފޭސްބުކް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ނަމަވެސް އޭނާ ވަނީ ފެބްރުއަރީ 24 އިން 26 އަށް ލަންޑަންގެ އޮފީސްތަކަށް ޒިޔާރަތް ކޮށްފައެވެ.

ލަންޑަންގައި ފޭސްބުކްގެ 3000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފާއި ބައްދަލުވެފައި ވަނީ މީގެ ތެރެއިން ކިހައި އަދަދެއްގެ މުވައްޒަފުންނަކާއި ކަމެއް އަދި ސާފެއް ނުވެއެވެ.

ޗައިނާގައި ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 100000 ފަހަނައަޅައި ގޮސްފައެވެ.

މިއަދު ވެސް އިނގިރޭސިވިލާތުން ވަނީ 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިހާތަނަށް އިނގިރޭސިވިލާތުން ވަނީ 163 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ދެމީހަކު މިހާތަނަށް ވަނީ އެގައުމުން މަރުވެފައެވެ.