ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ އިޓަލީވިލާތުން އަނެއްކާވެސް އިތުރު 49 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. މިއަދަކީ އެއްދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިހާތަނަށް އިޓަލީވިލާތުން ވަނީ ޖުމްލަ 197 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

މިއަދު އިތުރު 788 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4636 އަށް އަރާފައެވެ. އޭގެ ތެރެއިން 462 މީހެއްގެ ހާލު ސީރިއަސް އެވެ. ހާލު ސީރިއަސް މީހުންގެ އަދަދު އިއްޔެ އަށްވުރެ މިއަދު ވަނީ 150 އިތުރު ވެފައެވެ.

އިޓަލީވިލާތުގެ 22 ރީޖަނަށް މިހާރު ވަނީ ކޮވިޑް-19 ފެތުރިފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން ދަނީ އިޓަލީވިލާތުގައެވެ. އަދި ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް އެގައުމުންނެވެ. އެހެންކަމުން އެކަމުގެ އަސަރު އިޓަލީވިލާތުގެ އިޤުތިޞާދަށް ވެސް ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު