ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮންޓްރޯލް ވުމެއްނެތި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 57،694 މީހަކު އެބަލިން ރަނގަޅުވެއްޖެއެވެ.

ކޮވިޑް-19 މިހާރު ދުނިޔޭގެ 98 ޤައުމަކުން ފެނިފައިވާއިރު، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 102،570 އަށް އަރާފައެވެ. އޭގެ ތެރެއިން 6،137 މީހެއްގެ ހާލު ސީރިއަށް ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ބަލި ފެތުރިފައިވާ ގައުމުތަކުން މިހާތަނަށް 3،501 މީހަކު މަރުވެފައިވާއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ ބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. ބަލީގެ ސަބަބުން ދުވާލަކު އެތަކެއް ބަޔަކު މަރުވަމުން ދާއިރު މިއަދު މިހާތަނަށް 56 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާއިން މި ބަލި ޖެހިގެން 55،504 މީހަކު ރަނގަޅުވެފައިވާއިރު އެގައުމުން ބަލިޖެހުނު 5،489 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. ދެކުނު ކޮރެއާއިން 118 މީހަކު ރަނގަޅުވެފައިވާއިރު އެގައުމުން 36 މީހަކު ސީރިއަސްއެވެ. އިރާނުން 1699 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެގައުމުން އެބަލި ޖެހިގެން ސީރިއަސްވި މީހުންގެ އަދަދެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުންވެސް މި ބަލި ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު:

ޑައިމަންޑް ޕްރިންސެސް: 212 ރަނގަޅު ،34 ސީރިއަސް
އިޓަލީ: 523 ރަނގަޅު، 462 ސީރިއަސް
ޖަރުމަނު: 18 ރަނގަޅު، 8 ސީރިއަސް
ފްރާންސް: 12 ރަނގަޅު، 23 ސީރިއަސް
ޖަޕާން: 49 ރަނގަޅު، 34 ސީރިއަސް
ސްޕެއިން: 6 ރަނގަޅު، 9 ސީރިއަސް
އެމެރިކާ: 15 ރަނގަޅު، 8 ސީރިއަސް
އިނގިރޭސިވިލާތް: 18 ރަނގަޅު، ސީރިއަސް އެއް ނެތް
ސްވެޑެން: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ނޯވޭ: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ސިންގަޕޫރު: 82 ރަނގަޅޫ، 8 ސީރިއަސް
ނެދަލޭންޑްސް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، 1 ސީރިއަސް
ސްވިޒަލޭންޑް: 3 ރަނގަޅު، ސީރިއަސް އެއް ނެތް
ބެލްޖިއަމް: 1 ރަނގަޅު، 1 ސީރިއަސް
ހޮންކޮންގް: 56 ރަނގަޅު، 6 ސީރިއަސް
މެލޭޝިއާ: 23 ރަނގަޅު، ސީރިއަސް އެއް ނެތް
އޮސްޓިރިއާ: 1 ރަނގަޅު، ސީރއަސް އެއް ނެތް
އޮސްޓްރޭލިއާ: 22 ރަނގަޅު، 1 ސީރިއަސް
ބަހްރެއިން: 4 ރަނގަޅު، ސީރިއަސް އެއް ނެތް
ކުވެއިތް: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ކެނެޑާ: 8 ރަނގަޅު، 1 ސީރިއަސް
ތައިލޭންޑް: 31 ރަނގަޅު 1 ސީރިއަސް
އިރާގް: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ގްރީސް: 46 މީހަކު ޖެހިފައިވާއިރު އެއްވެސް މީހަކު ރަނގަޅެއް ނުވޭ އަދި އެކަކު ސީރިއަސް
ޓައިވާން: 15 ރަނގަޅު، ސީރިއަސް އެއް ނެތް
އައިސްލޭންޑް: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ޔޫއޭއީ: 7 ރަނގަޅު، 2 ސީރއަސް
އިންޑިއާ: 3 ރަނގަޅު، ސީރިއަސް އެއް ނެތް
ސެން މެރީނޯ: ބަލިޖެހުނު އެކަކުވެސް ރަނގަޅުނުވޭ، 4 ސީރިއަސް
ޑެންމާކު: 1 ރަނގަޅު ސީރިއަސް އެއް ނެތް
ލުބުނާން: 1 ރަނގަޅު، 1 ސީރިއަސް
އިސްރާއިލް: 2 ރަނގަޅު، ސީރިއަސް އެއް ނެތް
ޗެކް ރިޕަބްލިކް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އަޔަލޭންޑް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އަލްޖީރިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ވިއެއްޓްނާމް: 16 ރަނގަޅު، ސީރިއަސް އެއް ނެތް
އޮމާން: 2 ރަނގަޅު، ސީރިއަސް އެއް ނެތް
ފަލަސްތީން: ބަލިޖެހުނު މީހުން ރަނގަޅު ނުވޭ، ސީރިއަސް އެއް ނެތް
މިސްރު: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ފިންލޭންޑް: 1 ރަނގަޅު، ސީރިއަސް އެއް ނެތް
ބްރެޒިލް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އިކުއެޑޯ: 1 ސީރިއަސް
ޕޯޗުގަލް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ރަޝިއާ 2 ރަނގަޅު، ސީރިއަސް އެއް ނެތް
ކްރޮއޭޝިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ގަތަރު: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
މަކާއު: ޖެހުނު 10 މީހުން ރަނގަޅު
އެސްޓޯނިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އަޒަރބައިޒާން: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޖިއޯޖިއާ: 1 ސީރިއަސް
ރޮމޭނިއާ: 3 ރަނގަޅު
އާޖެންޓިނާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ސްލޮވޭނިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ބެލަރޫސް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
މެކްސިކޯ: 1 ރަނގަޅު
ޕާކިސްތާނުް: 1 ރަނގަޅު
ފިލިޕިންސް: 2 ރަނގަޅު 1 ސީރިއަށް
ނިއުޒިލޭންޑް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ސައުދީ އަރަބިއާ: 1 ރަނގަޅު
ޗިލީ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޕޮލޭންޑް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އިންޑޮނޭޝިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ސެނަގާލް: 1 ރަނގަޅު
ހަންގޭރީ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ލަކްސަންބާގް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އުތުރު މެސެލޯނިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ބޮސްނިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޑޮމިނިކަމް ރިޕަބްލިކް: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
މޮރޮކޯ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ކެމަރޫން: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އަފްގާނިސްތާން: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އެންޑޯރާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
އަރުމޭނިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޖޯޑަން: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ލިތުވޭނިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
މޮނާކޯ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ނައިޖީރިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޓިއުނޭޝިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޔުކްރެއިން : ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ބޫޓާން: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ކޮލަމްބިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ކޮސްޓަރިކާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ވެޓިކަން ސިޓީ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ޕެރޫ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ސާބިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ސްލޮވޭކިއާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ދެކުނު އެފްރިކާ: ބަލިޖެހިފައިވާ މީހަކު ރަނގަޅުވެފައެއް ނުވޭ، ސީރިއަސް އެއް ނެތް
ގިބްރަލް ޓަވަރ: 1 ސީރިއަސް
ކެމްބޯޑިއާ: ބަލިޖެހުނު މީހާ ރަނގަޅު
ލެތުވިއާ: ބަލިޖެހުނު މީހާ ރަނގަޅު
ނޭޕާލް: ބަލިޖެހުނު މީހާ ރަނގަޅު
ސްރީލަންކާ: ބަލިޖެހުނު މީހާ ރަނގަޅު

ގައިންގަޔަށް އަރާ މި ބައްޔަށް އަދި ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ މި ވައިރަސް އަށް ވެކްސިނެއް އުފައްދަން 6 މަސް ނަގާނެ ކަމަށެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ނަމަވެސް މި ބަލި ޖެހޭ ކޮންމެ މީހަކު މަރެއް ނުވެއެވެ. ދުރާލާ އެކަމަށް ތައްޔާރުވެގެން އެކަށީގެންވާ ފިޔަވަޅު އަޅައިފިނަމަ ބަލިން ސަލާމަތްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙޮނެސޮތީ

    ޢަދި ކިރިޔާ ހަގީގަތް އޮޅުންފިލާ ގޮތަަަ ހަބަރު މިލިޔުނީ ???

    12
    1
  2. ޢާނިމް

    ކޮވިޑް ޖެހުނު މީހުންގެ ދެބައިކޮއްފަ އެއްބައި މީހުން ރަގަޅު ވެއްޖެ. ބަގާވައް ކުރި މީހުންގެ ދެބައިކޮއއފަ އެއްބައި މީހުން ސާފު ހުދު ފޮއްޗަށް ވެއްޖެ. ޢެމް ޑީ ޕީ ގެ ދެބައިކޮއްފަ އެއްބައި ޕީޕީއެމްއާ ގުޅިއްޖެ. ދެންވާނީ ކިހިނެތް

    7
    11
  3. ތެދުބަސް

    ﷲ އިރާދަ ކުރެއްވިއްޔާ މިބަލި ރާއްޖޭގެ އެއްވެސް ބޭފުޅަކަށް ނުޖެހުން އަޅުގަނޑުގެ ދުޢާ އަކީ.

    29
    • ކޮވިޑް 19

      ޖެހިފަ ތިބީ 4 މީހަކައް