ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން މިހެން ބުނެފައިވަނީ އެކަމަށް ދިރާސާއެއް ހެދުމަށްފަހުއެވެ. ޑެއިލީ މެއިލް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ނިންމީ ހޮސްޕިޓަލެއްގެ އެސީ ތެރޭއިން ވައިރަސްގެ އަސަރު ފެނުމުން ކަމަށެވެ. އެހެން ކަމުން އެ ވައިރަސްގެ ބިރު ބޮޑު ކަމަށް އެފަރާތުން ވަނީ ނިންމާފައެވެ.

އިންޑިއާނާގެ ޕާޑޫ ޔުނިވާސިޓީގެ ޕްރޮފެސާ ޖޭމްސް ޖީ ޑުޔާ ޓެލެގްރާމަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭސީ ފަދަ ފިނި ކުރާ ތަކެތިން 5،000 ނެނޯމީޓަރަށް ވުރެ ކުދި ޖަރާސީމު ސާފު ނުކުރެވޭ ކަމަށެވެ. ނަަމަވެސް ކޮވިޑް-19 ގެ ސަބަބުން ވައިގެ ތެރޭގައި އުފެދޭ ލޮލަށް ނުފެންނަ ޖަރާސީމާއި މީގެ ކުރިން އުފެދިފައިވާ ސާސް ބަލީގެ ޖަރާސީމަކީ 120 ނެނޯމީޓަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސިންގަޕޫރުގެ ގައިންގަޔަށް އަރާ ބަލި ދިރާސާ ކުރާ އިދާރާއިން އިންވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެފަރާތުން ބުނެފައި ވަނީ ކޮރޯނާ ވައިރަސްގެ ކުޑަ އަސަރު ހުރި ފަރާތެއް އޭސީ ކޮށްފައިވާ ތަނެއްގައި ހުރުމުން އެ ވައިރަސްގެ އަސަރު އޭނާ އަށް ގަދަޔަށް ޖެހިފައިވާ ކަމަށެވެ.

ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން އިން ދިރާސާ ރިޕޯޓް އާއްމުކޮށްފައި ވަނީ ކެލިފޯނިއާގެ ބަނދަރުގައި އޮތް ކްރޫޒް ޝިޕެއްގައި ތިބި ބަޔަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ހަދަން ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮވްޑޭ ކިޔައިގެ ބޭރުގެ މިޝަނަރީސްތަކާ ގުޅިގެން މުއުމިނުން ފޮހެލަން ބަޔަކު މީހުން ތެޅޭވަރު ބަލާށޭ. ހީލަތްތެރި ކަމުގެ ކޮޅެއް ނެތޭ. އިންދިޔާގެ ވަފުދުތަށް މިނެޓަކު އެއްފަހަރު އެ އަންނަނީ އަތްޕުޅަށް ގޮވަން ކައިރިވުމުން އެޑްވައިސް ދޭށޭ. މިއީ އަޅުގަނޑުމެން ބުނަން ބޭނުންވާ ގޮތެއް ނޫނޭ.
    ސެނިޓައިޒާ ފުޅިތެރޭ ނިދާފަ އޮތަސް މިގޭގެ ހަތުރަފާރުން ކޮވްޑްބޭ ވަންނާނޭ އޭ ގޮސިޕޭމެންނޭ. ހަމަ ދެންމެޔޭ އޭސީ މިހަރުކުރީ ހާދަ ޖާސޫސެރިއަންކަޓޭ

    1
    9
  2. Anonymous

    ދެންމެޔޭ އޭސީ މިހަރުކުރީ ހާދަ ޖާސޫސެރިއަންކަޓޭ.
    ކޮވްޑޭ ކިޔައިގެ ބޭރުގެ މިޝަނަރީސްތަކާ ގުޅިގެން މުއުމިނުން ފޮހެލަން ބަޔަކު މީހުން ތެޅޭވަރު ބަލާށޭ. ހީލަތްތެރި ކަމުގެ ކޮޅެއް ނެތޭ. އިންދިޔާގެ ވަފުދުތަށް މިނެޓަކު އެއްފަހަރު އެ އަންނަނީ އަތްޕުޅަށް ގޮވަން ކައިރިވުމުން އެޑްވައިސް ދޭށޭ. މިއީ އަޅުގަނޑުމެން ބުނަން ބޭނުންވާ ގޮތެއް ނޫނޭ.
    ސެނިޓައިޒާ ފުޅިތެރޭ ނިދާފަ އޮތަސް މިގޭގެ ހަތުރަފާރުން ކޮވްޑްބޭ ވަންނާނޭ އޭ ގޮސިޕޭމެންނޭ

    2
    12